ހއ. ހޯރަފުށީގަައި ހުންނަ އަތޮޅު މަދަރުސާގެ ދަރިވަރުން ދަރިވަރުންނަށް ވޮލީ ކޭމްޕެއް ފަށައިފިއެވެ.
މި ވޮލީ ކޭމްޕަކީ ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސަަައްކަތްކުރާ ކޮމެޓީގެ ފަރާތުން ހޯރަފުށީ ކައުންސިލްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ކޭމްޕެކެވެ.
މި ކޭމްޕްގައި ދަރިވަރުން ތަމްރީނުކުރުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ ސްރީލަންކާގެ ވޮލީ ލެޖެންޑެއްކަމަށްވާ ކަލިކާ ވަސަންތަޕުރިއާ އެވެ.
ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސަަައްކަތްކުރާ ކޮމެޓީން އަންނަނީ އަތޮޅު މަދަރުސާގެ ދަރިވަރުންގެ ކުރިއެރުމަށް އެކިގޮތްގޮތުން އެހީތެރި ވަމުންނެވެ. މިގޮތުން އެ މަދަރުސާގެ ގްރޭޑް 10ގެ ދަރިވަރުން އޯލެވެލް އަށް ތައްޔާރުވުމަށް މިއަހަރު އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު ބޭއްވި ސްޓަޑީ ކޭމްޕްތަކަށް ވެސް އެ ކޮމެޓީންް އެހީތެރިވެދީފަވެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ލަންކާގެ ވޮލީ ތަޖުރިބާކާރަކާއެކު ހޯރަފުށީ ދަރިވަރުން ދަރިވަރުންނަށް ވޮލީ ކޭމްޕެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ