ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބިޒްނަސް ޕްލޭނިންގގެ އިތުރު ސެޝަނެއް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގައި ބިޒްނަސް ޕްލޭނިންގ ސެޝަނެއް ރޭ ކުރިއަށް ގެންގޮސްފިއެވެ.
ސިޓީ ކައުންސިލުން ބުނިގޮތުގައި މިއީ، އެ ކައުންސިލުން މިހާރު ހުޅުވާލާފައިވާ ''މަސައްކަތްތެރިންނާއި ކުދި ވިޔަފާރިތަކުގެ ފައިނޭންސިންގ ސްކީމް'' އާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ބިޒްނަސް ޕްލޭނިންގ ސެޝަނެކެވެ.
މި ސެޝަންގައި ވަނީ ޖުމްލަ 16 މީހުން ބައިވެރިވެ، ''މަސައްކަތްތެރިންނާއި ކުދި ވިޔަފާރިތަކުގެ ފައިނޭންސިންގ ސްކީމް''ގެ އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ޕްރެސެންޓޭޝަންގައި ހިމަނަންޖެހޭ ބައިތައް ފުރިހަމަކުރާނެގޮތާއި ބެހޭ މަޢުލޫމާތު ހޯދާފައެވެ.
މި ސެޝަން ނަގައިދެއްވާފައި ވަނީ އި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ކުޅުދުއްފުށީ ކެމްޕަސްގެ މެނޭޖަރ އަދި ހަލިއަލި ކޯޗިން އެންޑް ކޮންސަލްޓެންސީގެ ފައުންޑަރ، އައިމިނަތު ޢަލީ އެވެ. އެހެންވެ ސިޓީ ކައުންސިލުން ވަނީ އޭނާ އަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.
ސިޓީ ކައުންސިލުން ވަނީ މިފަދަ އިތުރު މައުލޫމާތު ސެޝަންތަކެއް ވެސް ކުރިން ބާއްވާފައެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މަސައްކަތްތެރިންނާއި ކުދިވިޔަފާރިތަކުގެ ފައިނޭންސިންގ ސްކީމަކީ، ކުޅުދުއްފުށި ސިޓީގައި މަސައްކަތްތެރިން އިތުރުކުރުމަށާއި، އަލަށް ވިޔަފާރި ފެށުމަށް އަދި ކުދި ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަޢާރަފްކޮށްފައިވާ ސްކީމެކެވެ.
މި ސްކީމްގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން މިކަމަށް އެދޭ ފޯމާއި، ލިޔެކިޔުންތައް ސިޓީކައުންސިލްގެ އީމެއިލް  [email protected] މެދުވެރިކޮށް، 21 ޑިސެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ހުށައެޅުމަށް ސިޓީ ކައުންސިލުން ވަނީ 23 ނޮވެމްބަރު 2023 ގައި ޢިއުލާންކޮށްފައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ