ސިޑްނީގެ ބޮންޑީ ބީޗުގައި އޮތް ފެސްޓިވަލަކަށް ބަޑިން ހަމަލާދީ 15 މީހަކު މަރާލައިފި

އޮސްޓްރޭލިއާގެ ސިޑްނީގެ މަަޝްހޫރު ބޮންޑީ ބީޗުގައި ޔަހޫދީންގެ ފެސްޓިވަލަކަށް ދިން ބަޑީގެ ހަމަލާއެއްގައި 15 މީހުން މަރުވެ، އެތައް ބަޔަކު ޒަހަމުވެފައިވާ ކަމަށް އޮސްޓްރޭލިއާގެ ފުލުހުން ބުނެފި އެވެ.މަރުވި މީހުންގެ އަދަދު 15 އަށް އަރާފައި ވާއިރު މިއީ ޔަހޫދީންނާ ދެކޮޅަށް ދިން ހަމަލާއެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ. ހަމަލާ ދީފައިވަނީ ޔަހޫދީންގެ ދީނީ ފެސްޓިވަލެއް ކަމަށްވާ ހަނޫކާ ފާހަގަކުރަމުން ދަނިކޮށެވެ.ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ހަމަލާ ދިނީ އުމުރުން 50 އަހަރުގެ މީހަކާއި އޭނާގެ 24 އަހަރުގެ ފިރިހެން ދަރިފުޅު ނަވީން އަކްރަމް އެވެ. އެ މިއީ ހުއްދަ އޮވެގެން ބަޑި ގެންގުޅޭ އޮސްޓްރޭލިއާ ބައެއް ކަމަށާއި ހަމަލާގެ ތެރޭގައި ބައްޕަ މަރުވެފައި ވާއިރު ދަރިފުޅު ވެސް ވަރަށް ބޮޑަށް ޒަހަމްވެ އޮތީ ސީރިއަސް ހާލަތެއްގަ އެވެ.އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކު ވެސް ހިމެނެ އެވެ. އެއީ މަރުވި އެންމެ ހައްގު ކުއްޖާ ކަމަށް ވާއިރު މަރުވި އެންމެ ދޮށީ މީހާގެ އުމުރަކީ 87 އެވެ.އދ. އިން ނާއި ދުނިޔޭގެ ލީޑަރުން ގެންދަވަނީ އެ ހާދިސާ ކުށްވެރި ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ