ވައްކަން ކުރަންޏާ އެވާހަކަ ދައްކާނެ: މޭޔަރ އާޒިމް

މެންބަރުންނާއި ވެރިން ވައްކަން ކުރަންޏާ އެވާހަކަ ދައްކާނެ ކަމަށް މާލެސިޓީގެ މޭޔަރ އަދަމް އާޒިމް ވިދާޅުވެއްޖެއެވެ. މާލޭ މޭޔަރ ވިދާޅުވީ އެ ވާހަކަ ދެއްކެން ޖެހޭނެ ކަމަށެވެ. މިނިވަން މީޑިއާ ތަޅުއަޅުވާ ބިލަކީ ހަމައެކަނި ނޫސްވެރިންގެ މިނިވަން ކަމަށް އެޅޭ ހުރަހެއް ނޫންކަމަށާއި އެކަމަކީ ހިޔާލު ފާޅުކުރާ ކޮންމެ މީހެއްގެ މިނިވަންކަން ނިގުޅައިގަތުމަށް ކުރާ ކަމެއް ކަމަށް އާޒިމް ސިފަކުރެއްވިއެވެ.
މިނިވަން މީޑިއާ ތަޅުއަޅުވާ ބިލު ފާސް ކުރިޔަސް އެ ބިލަށް އެއްވެސް ބޭފުޅަކު ތަބާ ނުވުމަށް ގޮވާލައްވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެހެން ވިދާޅުވީ ހިޔާލާއި ފިކުރު ކަފުނަށް ނަމުގައި ނޫސްވެރިން ބޭއްވި ފޯރަމުގައި ވާހަކަ ދައްކަވަމުންނެވެ. 
މޭޔަރ އާޒިމް ވިދާޅުވީ މެންބަރުންނާއި ވެރިން ހަމަ މަގަށް އަޅުވަން ތިބީ ރައްޔިތުން ކަމަށެވެ. ރައްޔިތުންގެ އަނގައިގައި މަލަން އެޅުވުމުން ނިކުންނަ ނަތީޖާ ގޯސްވާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. ރައްޔިތުންނަށް މިނިވަން ކަންމަތި އުޅެވެން ޖެހޭނެ ކަމަށާއި މިނިވަންކަމަށް ހުރަސް އެޅޭ އެއްވެސް ބިލަކަށް ތަބާ ވާން ނުޖެހޭނެ ކަމަށްވެސް މާލޭ މޭޔަރ ރޭގައި ވިދާޅުވިއެވެ. 
މިނިވަން ކަންމަތީ ބޭނުންވާ ވާހަކައެއް ދެއްކުމުގެ މިނިވަންކަން އޮންނަންޖެހޭނީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް އެކަނި ނޫންކަމަށާއި ކޮންމެ ރައްޔިތަކަށްވެސް އެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް މޭޔަރ ވިދާޅުވިއެވެ. މަގާމުތަކަށް މީހުން އައްޔަން ކުރަންވާނީ ވެސް އާންމު ރައްޔިތުންނާއި މީޑިއާތައް މިނިވަންކޮށް ބާއްވާފަ ކަމަށާއި އެނޫންގޮތަކަށް އެކަން ވާނަމަ އެއި ރަނގަޅު މަގަކުން ދާނެ ކަމެއް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ.
މިނިވަން މީޑިއާ ތަޅުއަޅުވާ ބިލް ފާސްކުރިޔަސް އެއަށް ތަބާނުވާނެ ކަމަށާއި އެއްވެސް ބޭފުޅަކުއެއަށް ތަބާ ނުވުމަށް ގޮވާލައްވަމުން މާލޭ މޭޔަރ އާދަމް އާޒިމް ސަރުކާރުގެ ވެރިންނާއި ޕީއެންސީ މެންބަރުންނަށް ނިސްބަތް ކުރައްވާ ވިދާޅުވީ "ތިބޭފުޅުން ފިލަން އުޅޭނެ ކަމެއް ނެތް." ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ