އުރީދޫ ފަންރަން މިއުޒިކް ޝޯ، ޑިސެމްބަރު 18 ވަނަ ދުވަހު ސެންޓްރަލް ޕާކްގައި

އުރީދޫއިން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ފަންރަންގެ މިއުޒިކް ޝޯ ޑިސެމްބަރު 18 ވާ ބްރާސްފަތި ދުވަހުގެ ރޭ ސެންޓްރަލް ޕާކްގައި ބޭއްވުމަށް ތާވަލްކޮށްފިއެވެ.
އުރީދޫއިން ބުނީ ހުޅުމާލެ ސެންޓްރަލް ޕާކްގައި މިއުޒިކް ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ރޭގެ 20:00 އިން ފެށިގެންގޮސް 11:59 އަކަށް ކަމަށެވެ. އުރީދޫ ފަން ރަން 2025 ފެސްޓިވަލްގެ ތެރެއިން މިއަހަރުގެ
މިއުޒިކް ޝޯ ގައި ރާއްޖޭގެ އެންމެ ހުނަރުވެރި އަދި މަޝްހޫރު ބޭންޑް ތައް ޕާފޯމް ކުރުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އޭގެ ތެރޭގައި ރާއްޖޭގައި މަޝްހޫރު ޓްރެފިކް ޖޭމް، އިކުއެޓިކް
ވައިބް، ހަބޭސް އަދި ސިމްބޮލިކް ރެކޯޑްސް ހިމެނެއެވެ. އުރީދޫއިން ބުނީ މި ޝޯގެ ތެރެއިން ފަން ރަންގެ
ބައިވެރިންނަށާއި، އާއިލާތަކަށާއި، މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށާއި، މުޅި
މުޖުތަމައަށް ހިތްގައިމު މާހައުލެއް ލިބިގެންދާނޭކަމަށެވެ.
އުރީދޫ ފަން ރަން އަކީ ހަމައެކަނި ދުވުމެއް ނޫން
ކަމަށާއި މިއީ މުޖުތަމައުގެ ދުޅަހެޔޮކަމާއި އުފާވެރިކަން ދައްކުވައިދޭ
ހަރަކާތެއްކަމަށް އެކުންފުނިން ފާހަގަކުރެއެވެ. ފަންރަންގެ ތެރެއިން ބާއްވާ މި މިއުޒިކް ޝޯ އަކީ އަބަދުވެސް ކްރައުޑްގެ ފޭވަރިޓެކެވެ.
" އަޅުގަނޑުމެންގެ އަމާޒަކީ މީހުން އެއްތަނަކަށް އެއްކޮށް، އެކްޓިވް ދިރިއުޅުމަށް
ހިތްވަރުދީ، ދިވެހި ހުނަރު ދައްކާލުމަށް ހިތްވަރު ދިނުމެވެ.
އުރީދޫ ފަން ރަން މިއުޒިކް ޝޯވ އަކީ އާންމުންނަށް
ހުޅުވާލެވިފައިވާ ޝޯއެކެވެ" އުރީދޫއިް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ