ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަަދު ހަވީރު ވިކްޓަރީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައި، ލީގުގެ އެއް ވަނައިގައި ލީޑު ފުޅާކޮށްފި އެވެ.
މި މޮޅާ އެކު ލީގުގެ އެއް ވަނައިގައި މާޒިޔާ އިން މި ވަނީ ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ދެ ވަނައިގައި އޮތް ނިއު ރޭޑިއަަންޓް ސްޕޯޓްސް ކްލަބަށް ހަތް މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނައިގައި އޮތް މާޒިޔާ އަށް ވަނީ އަށް މެޗުން ވެސް މޮޅުވެ، 24 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ނިއު އިން މިރޭ ކުޅޭނީ ތިން ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އޮޑި އަށް ވަނީ ހަތް މެޗުން 16 ޕޮއިންޓް ލިބިފަ އެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ޓީމުން ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ބްރޭކަށް ފަހު ލީގުގެ ކުޅުން މިއަދު ފެށުނުއިރު، ވިކްޓަރީން ވަނީ މެޗުގެ ބޮޑުބައިގައި މާޒިޔާ ކައިރީގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
މާޒިޔާ އިން ފުރަތަމަ ހާފުގައި ލީޑުނެގީ ކޯނަރެއްގައި އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. މި ލަނޑު ޖެހީ، ސްޕެއިންގެ ފޯވާޑް ސާޖިއޯ މެންޑީ އެވެ. ލީގުގެ އެންމެ ގިނަ ގޯލު ޖެހި މެންޑީ، ވަނީ ވިކްޓަރީ ކީޕަރު، ސީރިއާގެ މަހުމޫދު އަލް ޔޫސުފް އަށް ލިބުމުގެ ކުރިން ގޯލަށް ބޯޅަ ވައްދާލައިފަ އެެވެ.
ފުރަތަމަ ހާފުގައި މާޒިޔާ އަށް ލަނޑު ޖަަހައިދޭން ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ހަމަލާތައް ދިޔައީ ގޯލާ ސީދާނުވެ އެވެ. އަދި، ކައުންޓަ އެޓޭކެއްގައި ވިކްޓަރީގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ވަނީ މާޒިޔާ އޭރިއާތެރެއިން ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭނާ ފޮނުވާލި ޝޮޓް ދިޔައީ ދަނޑިކަައިރިން ބޭރުންނެވެ.
މާޒިޔާ އިން ފަހު ދެ ލަނޑު ވެސް ޖެހީ މެޗުގެ ފަހުކޮޅުގަ އެވެ. އެ ގޮތުން، މެޗުގެ 84 ވަނަ މިނިޓްގައި، ނާއިޒު ހަސަން (ދާދު) ދިން ބޯޅައަކުން އަހުމަދު އައިހަމް (ފަތޯ) ވަނީ އޭރިއާތެރެއިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި މާޒިޔާގެ ލީޑުފުޅާކޮށް އެ ޓީމުގެ ޕްރެޝަރު ކަނޑުވާލައިފަ އެވެ. އަދި، މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓްގައި، ހައިޝަމް ހަސަން (ބިޑި) ވަނީ ދާދު ދިން ބޯޅައެއް ގޯލަށް ވައްދާލައި، މާޒިޔާ އަށް ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެވެ.
ވިކްޓަރީ ބަލިކޮށް މާޒިޔާ ފަސްބެލުމެއްނެތި ލީޑުގައި ކުރިއަށް ވިކްޓަރީ ބަލިކޮށް މާޒިޔާ ފަސްބެލުމެއްނެތި ލީޑުގައި ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ