ތިލައުތުރު އެވޯޑު ޝަރަފުވެރިި ކޮށްދެއްވަން ޔާމީން މިއަދު ދިއްދުއަށް

ހއ. އަތޮޅުގެ މި އަހަރުގެ 'ތިލައުތުރު އެވޯޑް' ޝަރަފުވެރިކޮށްދެއްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ އަތޮޅު ދިއްދުއަށް މިއަދު ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ވީ ކިހިނެއް؟ - ތިލައުތުރު އެވޯޑަކީ، ހއ. އަތޮޅަށް އެކިއެކި ގޮތްގޮތުން އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުންދާ ބޭފުޅުންގެ އަގުވަޒަން ކުރުމަށްޓަކައި ކޮންމެ އަހަރަކު އެ އަތޮޅު ކައުންސިލުން ދޭ އެވޯޑެކެވެ. އޭގެ ތެރޭގައި އެ އަތޮޅަށް ރީތި ނަން ހޯދައިދޭ ދަރިވަރުންނާއި ކައުންސިލުތައް ފަދަ ހިދުމަތްތަކުގެ އަގުވަޒަންކޮށް މި އެވޯޑުދެ އެވެ. މި އެވޯޑު އޮތީ މިރޭ 20:30ގަ އެެވެ.
ތަފްސީލް - ޕީއެންއެފް އިން ރޭ 'ދައުރު' އަށް ބުނީ އެ ދަތުރުފުޅުގައި މިއަދު ދިއްދުއަށް ޔާމީން ފުރާވަޑައިގަންނަވާނެ ކަމަށެވެ. އެ ދަތުރުފުޅަކީ އެ ރަށު ކައުންސިލުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ބުންޏެވެ. އަދި ރަސްމިޔާތު ނިންމުމަށް ފަހު އެނބުރި މާލެ ވަޑައިގަންނަވާނެ ކަމަށް ވެސް ބުންޏެވެ.
ފާހަގަކޮށްލެވޭ ކަމެއް - ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ހުކުމުން ހައި ކޯޓުން ބާތިލުކުރުމުން ޔާމީން މިވަގުތު ހުންނެވީ މިނިވަންވެފަ އެވެ. މިއީ ޖަލުން މިނިވަންވި ފަހުން ޔާމީން ކުރައްވާ މިފަދަ ފުރަތަމަ ދަތުރުފުޅެވެ. އާރަށު މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އަންގާފައިވާތީ، އެ މައްސަލައިގެ ޝަރީއަތް އަލުން ވަނީ ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ