ރިޔާދު، ސައުދީ އަރަބިއްޔާ (ނޮވެމްބަރު 18) - ސައުދީ ޕްރޮފެޝަނަލް ލީގުގެ ކްލަބް އަލް އިއްތިހާދަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް، ކަރިމް ބެންޒެމާ، އިތުރު ދެ އަހަރު މަތީ ފަންތީގައި ފުޓްބޯޅަ ކެރިއަރު ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ބުނެފި އެވެ.
ސާދަ އަހަރަށް ފަހު، ރެއާލް މެޑްރިޑް ދޫކޮށް، ބެންޒެމާ، 37، އަލް އިއްތިހާދަށް ސޮއިކުރީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެ ގޮތުން، 2026 ވަނަ އަހަރާ ހަމައަށް ބެންޒެމާގެ ކޮންޓްރެކްޓް އޮތްއިރު، އޭނާ އަންނަނީ މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ވިސްނަމުންނެވެ. ބެންޒެމާ، ރިޓަޔާކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކައާ ގުޅޭ ގޮތުން ވެސް ވަނީ ޖަވާބުދީފަ އެވެ.
"ޔަގީންކަމެއް އެއީ އަހަރެންގެ ކޮންޓްރެކްޓް އެ އަންނަނީ ނިމުމަކަށް، އެކަމަކު މި ވަގުތު އަހަންނަށް ބުނެވޭކަށެއް ނެތް ދެން ވާނެ ގޮތެއް. މި ބުނީ މަޑުކުރަނީތޯ ނޫނީ ކްލަބް ދޫކޮށްލަނީތޯ. މި ޑިސެމްބަރުގައި އަހަންނަށް 38 އަހަރު ފުރޭނެ. އަހަންނަށް ފެންނަ ގޮތުގައި، އަދި ދެ އަހަރު އަހަރެން މަތީ ފަންތީގައި ބޯޅަ ކުޅޭނެ،" ފްރާންސް ފުޓްބޯލް އިން ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހޯދި ބެންޒެމާ ބުންޏެވެ.
ކުރިން ފްރާންސްގެ ލިޔޯނަށް ވެސް ކުޅެފައިވާ ބެންޒެމާ ބުނީ، އެނބުރި ޔޫރަޕްގެ ކްލަބަކަށް ދިއުމުގެ ވިސްނުންތަކާ ބެހޭގޮތުން އެއްޗެއް ބުނަން ބޭނުމެއް ނުވާ ކަމަށާއި ބޭނުންވަނީ ރަނގަޅު ފުޓްބޯޅައެއްގެ ޕްރޮޖެކްޓެއްގައި މަަސައްކަތް ކުރުމަށް ކަމަށެވެ.
އަލްޖީރިއާ ދަރިކޮޅަށް ނިސްބަތްވާ، ބެންޒެމާ އަށް އަލް އިއްތިހާދުން ދިން ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ މުސާރަ އާއި އެހެނިހެން ކަންކަން ހިމެނޭ ގޮތަށް 400 މިލިއަން ޑޮލަރު ކަމަށް ރިޕޯޓްތައް ބުނެ އެވެ. ރެއާލްގައި ހޭދަކުރި 14 އަހަރު ތެރޭ ބެންޒެމާ ވަނީ އެ ޓީމަށް ކުޅެދިން 648 މެޗުން 354 ގޯލު ޖަހައިފަ އެވެ. ބެންޒެމާ ވަނީ ރެއާލަށް ކުޅުނުއިރު ޖުމްލަ އެކު، 24 ތަށި އުފުލާލައިފަ އެވެ. އޭގެ ތެރޭގައި ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ހިމެނެ އެވެ.
އަލް އިއްތިހާދާ އެކު، ބެންޒެމާ ވަނީ މިދިޔަ ސީޒަނުގެ ސައުދީ ޕްރޯ ލީގާއި ކިންގްސް ކަޕް ކާމިޔާބުކޮށްފަ އެވެ.
ބެންޒެމާ 40 އަހަރު ފުރެންދެން މަތީ ފަންތީގައި ކެރިއަރު ކުރިއަށްގެންދިއުމުގެ ވިސްނުމެއް ބެންޒެމާ 40 އަހަރު ފުރެންދެން މަތީ ފަންތީގައި ކެރިއަރު ކުރިއަށްގެންދިއުމުގެ ވިސްނުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ