ރާއްޖެއަށް ވަގަށް އެތެރެކުރި މައްސަލައެއްގައި ކަސްޓަމްސްއިން ހިފަހައްޓައި، އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ދެ ކޮންޓެއިނަރުގެ އެތެރޭގައި ހުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ވަގަށް ބޭރުކުރި ދޯނީގެ ކައްޕި ހައްޔަރުކޮށްފި އެވެ.
ބުނީ ކީކޭ؟ - ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އިތުރު މީހަކު މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ:
އާދަމް ވަހީދު (54އ)، ކެނެރީގެ/ނ. މިލަދޫ
އޭނާގެ ބަންދަށް ކޯޓުން ވަނީ 7 ދުވަސް ދީފައި
މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ސިނގިރޭޓު ކޮންޓެއިނާތައް ވަގަށް ބޭރުކުރި ދޯނީގެ ކައްޕި އެވެ.
ތަފްސީލު - މީގެ ކުރިން ވެސް ކަސްޓަމްސްއިން ވަނީ މި މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ:
އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) 65 - ބަންދަށް 10 ދުވަސް ޖަހާފައިވޭ
ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް، 61 - ބަންދަށް 15 ދުވަސް ޖަހާފައިވޭ
މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ - އޭނާގެ ބަންދަށް އެންމެ ފުރަތަމަ ޖެހީ 5 ދުވަސް؛ މިދިޔަ ހޯމަ ދުވަހު ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު 10 ދުވަހަށް ޖަހާފައި
ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް - އޭނާގެ ބަންދަށް ޖެހީ 10 ދުވަސް
ހަސަން އަބްދުއްރަހްމާން، 52، ލިންކް/ކ. ތުލުސްދޫ
އެނގުން މުހިންމު - ކަސްޓަމްސްއިން ކުރިން ބުނެފައިވާ ގޮތުގައި:
40 ފޫޓުގެ ދެ ކޮންޓެއިނަރުގެ ތެރެއިން 1،360 ކޭސް ސިނގިރޭޓް (13.6 މިލިއަން ސިނގިރޭޓް ސްޓިކް) ވަނީ ފެނިފައި
މި ޝިޕްމެންޓްގައި ހިމެނޭ ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީ ދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެކަމަށް ލަފާކުރެވޭ
ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ސިނގިރޭޓުގެ އަގު ސަރުކާރުން ބޮޑުކުރުމާ އެކު އެކި ކަހަލަ ވަގު ބްރޭންޑްތަކުގެ ސިނގިރޭޓާއި އެނޫން ވެސް ވަގަށް އެތެރެކޮށްފައިވާ ސިނގިރޭޓު ވިއްކުން ވަރަށް ބޮޑަށް ވަނީ އާންމުުވެފަ އެވެ.
ސިނގިރޭޓު ކޮންޓެއިނާތައް ވަގަށް ބޭރުކުރި ދޯނީގެ ކައްޕި ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ