ސުޕްރީމް ކޯޓުގެ ރިސެސްއަށް ފަހު ސުޕްރީމް ކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރުންނާއެކު މިއަދު އެކޯޓުގެ މަސައްކަތްތައް ފަށައިފިއެވެ.
އައު އުއްތަމަ ފަނޑިޔާރާއި އަލަށް އައްޔަން ކުރެއްވި ފަނޑިޔާރުންނާއިއެކި ސުޕްރީމް ކޯޓުގައި އެންމެ ފުރަތަމަ ކުރިއަށް ގެންދަން ތާވަލް ކޮށްފައިވާ ޝަރީޢަތަކީ 2012 ވަނަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާއި ގުޅުންހުރި މައްސަލައެކެވެ.
އެގޮތުން އައު ފަނޑިޔާރުންނާއިއެކު ސުޕްރީމް ކޯޓުގައި ފަށާ ޝަރީއަތްތަކުގެ އަޑުއެހުންތަކުގެ ތެރެއިން އެންމެ ފުރަތަމަ ތާވަލުކޮށްފައިވާ ޝަރީއަތުގެ މަޖިލީހުގައި ތިއްބަވާނީ، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދުގެ އިތުރުން ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ.
މިއަދުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހާ ހަމަޔަށް ޖުމްލަ 17 މައްސަލައެއް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވެ އެވެ. މީގެ ތެރޭގައި ވަރަށް ގިނަ ދުވަސްވީ މައްސަލަތައްވެސް ހިމެނެ އެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއި ހުސްނުއް ސުއޫދު ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވީ މިދިޔަ މަހުގެ 8 ވަނަ ދުވަހު އެވެ. މި ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވިއިރު ސުޕްރީމް ކޯޓު އޮތީ ރިސެސްގައި ކަމުން އެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ފަހުން މިހާތަނަށް ސުޕްރީމް ކޯޓުގައި ޝަރީއަތުގެ މަޖިލީހެއް ބާއްވާފައިނުވެ އެވެ.
ސުޕްރީމް ކޯޓަށް ރިސެސްއަށް ފަހު ފަށާއިރު ސުޕްރީމް ކޯޓުގައި މި ވަގުތު ފަސް ފަނޑިޔާރުން އެބަ ތިއްބެވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެއިން އައްޔަން ކުރެއްވުމާމެދު ޖުޑީޝަލް ސަރވިސްގެ ލަފާފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ވަނީ އެދިވަޑައިގެންފައި އެވެ.
ރިސެސްއަށް ފަހު އައު ފަނޑިޔާރުންނާއިއެކު ސުޕްރީމް ކޯޓުގެ މަސައްކަތްތައް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ