މިމަހުގެ 19 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވާން ސުޕްރީމް ކޯޓުން ދީބާޖާއަށް އަންގައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުން އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިޔަން ރުފިޔާ ދޭން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ދައުލަތުން ރިވިއުކުރަން އެދި ހުށަހެޅި މައްސަލައިގައި މިމަހުގެ 19 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޖަވާބުދާރީ ވުވުމަށް ސުޕްރީމް ކޯޓުން ދީބާޖާ އަށް އަންގައިފިއެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2011 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކުރި ހުކުމް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ހުކުމް ތަންފީޒުކުރަން ދީބާޖާއިން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް ދައުލަތުން ފަހު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އަލުން ރިވިއުކުރަން ހުށަހަޅާފައެވެ.
މި މައްސަލަ ރިވިއު ކުރުމަށް ބަންޑާރަ ނާއިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިިދިޔަ ޖެނުއަރީ މަހުގެ 28ވަނަ ދުވަހުއެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާއި މެދު އާއްމުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އާއްމުންގެ މަސްލަހަތަށް ރިއާޔަތްކޮށް އެ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅީ ކަމަށް އޭޖީ ވަނީ ވިދާޅުވެފައެވެ. 
 އެޓާނީޖެނަރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ރިއުއު ކުރަން ހުށަހެޅި ދީބާޖާ މައްސަލައިގެ ފުރަތަަ އިބްތިދާއީ އަޑުއެހުން މިއަދު ބާއްވާ ދީބާޖާއަށް ވަނީ މައްސަލައިގެ ލިޔުންތައް ހަވާލުކޮށްފައެވެ. އަދި މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ޖަވާބްދާރީވުމަށް ސުޕްރީމް ކޯޓުން ވަނީ ދީބާޖާއަށް އަންގާފައެވެ.
އެޓާނީ ޖެނަރަލްގެ ފަރާތުން ދީބާޖާ މައްސަލަ ރިވިއުކޮށް މައްސަލަ ކުރިއަށް ގެންދަން ފަށާފައިވާއިރު ސުޕްރީމް ކޯޓުގައި ދީބާޖާގެ ފަރާތުން ވަކާލާތު ކުރި އެމްޑީޕީގެ ކުރީގެ ނަިއބް ރައީސް އަލްހާން ފަހުމީގެ ލީގަލްފާރމް ކިންގް އެޓާނީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ދިބާޖާއަށް މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ކުއްލި ގޮތަކަށް ޖަވާބްދާރީވާން އެންގުމުން ކަންބޮޑުވުން ފާޅުކުރައްވައި އަލްހާން ވަނީ ގިނަ ޓުވީޓްތަކެއް ކުރައްވާފައެވެ. 
އަލްހާން ވިދާޅުވީ  ދިވެހި ދައުލަތުގެ ފަރާތުން، ސަރުކާރުން ، ދީބާޖާ ކުންފުންޏާ އެކު ވީ ވިޔަފާރި މުޢާމަލާތެއްގެ އެއްބަސްވުން، އުވާލީ ސަރުކާރުން އެއްބަސްވުމާ ޚިލާފުވެގެން ކަމަށް، ޝަރީޢަތަށް ޤަބޫލުކިރެވިގެން، އެކަމުގެ ސަބަބުން ދީބާޖާ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 334,995,154.60 (ތިންސަތޭކަ ތިރީސް ހަތަރު ލިލިޔަން ..) ދައުލަތުން އެކުންފުންޏަށް ދައްކަންޖެހޭނެކަމަށް ސިވިލް ކޯޓުން ކަނޑައެޅި ކަމަށެވެ. ނަމަވެސް އެހުކުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރީ އިސްތިއުނާފުގެ މުއްދަތު ފަހަނައަޅާ ދިޔަތާ އެތައް ދުވަސް ފަހުންކަން އަލްހާން ވަނީ ފާހަގަ ކުރައްވާފައެވެ. 
އަލްހާން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހައިކޯޓުން ދައުލަތުން ހުށަހެޅި އުޒުރު ބަލައިގަނެ މައްސަލަ ކުރިއަށްން ގެންގޮސް، ދަށު ކޯޓުގެ ހުކުން ބާޠިލުކުރި. ކަމަށާއި އަދި މައްސަލަ ދީބާޖާ ކުންފުނިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ރައީސްނޔާމީނުގެ ވެރިކަމުގެ ފަހުކޮށް އަލްހާން ވިދާޅުވީ އެ ނިޔާގައިވާ ގޮތުން ހައިކޯޓުން އެގަޟިއްޔާގެ އިސްތިއުނާފު ބަލައިގަތީ ‘ އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގައި ދައުލަތުން އިސްތިއުނާފު ނުކޮށް އޮތީ ޤާނޫނީ ސަބަބެއް ނެތި ކަމަށާއި ، ޙައިކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައިވާކަން އަލްހާން ފާހަގަ ކުރެއްވިއެވެ. 
އަލްހާން ވިދާޅުވީ  މި މައްސަލައިގައި ދީބާޖާ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެއްވެސް ޝަރީޢަތެއް ސުޕްރީމް ކޯޓުން ނުބާއްވަނީސް، ރަސްމި އެއްވެސް ސިފައެއްގައި ދީބާޖާ ކުންފުނިން ދައުލަތާ ވާހަކަ ނުދައްކަނީސް، ދައުލަތުގެ ބަންޑާރަނައިބް  އެމައްސަލާގައި ދައުލަތުން ދީބާޖާ ކުންފުންޏާ ކޯޓުން ބޭރުގައި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް ވަގުތު ދިނުމަށް އެދދިފައިވާކަން އަލްހާން ފާހަގަ ކުރެއްވި ކަަމށާއި އަދި  ދައުލަތުން ބަންޑާރަ ނައިބު ކޯޓުން ބޭރުން މައްސަލަ ހަލު ކުރުމަސް އެދުވަޑައިގަތީ ހައިކޯޓުން ކޮށްފައިވާ ހުކުމް ގޯސްކަމަށް ގަބޫލު ކުރަްވާތީކަން އަލްހާން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިއަދު މއަދު ސުޕްރީމް ކޯޓުން  ދީބާޖާ އަށް މައްސަލަ ބަލައިގަތްކަން އަނގާ، މިމަހުގެ 19 ވަނަ ދުވަހުގެ ކުރިން ދައުލަތުން ހުށަހެޅި މައްސަލަ އަށް ޖަވާބުދާރީ ވުމަށް އަނގީ މައްސަލަ ބަލައިގަތްކަން އެއް ޚަޞްމަށް އަންގާ މީޑިއާގައި ހާމަކުރިތާ 4 މަސް ފަހުންކަން އަލްހާން ވަނީ ފާހަގަ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ