މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަތަކުގެ 99 އިންސައްތަ މައްސަލަ ނިންމިފައިވާކަމަށް އެ ކޯޓުން ބުނެފިއެވެ.
ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ހަ މަސް ދުވަހު އެ ކޯޓަށް ހުށައަޅާފައިވަނީ 1،073 މައްސަލައެކެވެ. މީގެ ތެރެއިން 1،065 މައްސަލައެއް ވަނީ ބަލާ ނިމިފައެވެ.
މި މުއްދަތުގެ ތެރޭގައި އެ ކޯޓުން 1،121 ކައިވެނި ކޮށްދީފައިވާއިރު، ރާއްޖެ އިން ބޭރުގައި ކުރި 89 ކައިވެންޏެއް ކޯޓުގައި ރަޖިސްޓަރީ ކޮށްދީފައިވެއެވެ. އަދި ވަރީގެ 594 މައްސަލައެެއް ނިންމާފައިވެއެވެ. އާއިލީ މައްސަލަތަކުގެ 107 މައްސަލަ ވަނީ ހުށައަޅާފައެވެ. އަދި 60 މައްސަލައަކަށް ސުލްހަވެރި ހައްލެއް ހޯދައިދީފައިވާނެކަމަށް ކޯޓުން ބުނެއެވެ.
ގެވެށި އަނިޔާ އާއި ކުޑަކުދިން ރައްކާތެރިކުރުމުގެ 47 އަމުރެއް ނެރެފައިވެއެވެ.
އަނބިދަރީންގެ ހަރަދާއި އިއްދައިގެ ގޮތުގައި 38.4 މިލިއަން ރުފިޔާ ޖުލައި މަހާ ހަމައަށް ފެމިލީ ކޯޓުން ވަނީ ސާބިތުކޮށްފައެވެ. އަދި އެހެނިހެން ގަޒިއްޔާތަކާ ގުޅިގެން 23 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކޯޓަށް ބަލައިގަނެފައިވެއެވެ. އަދި އޭގެ ވެރި ފަރާތްތަކަށް ވަނީ ރައްދުކޮށްދީފައެވެ.
ފެމިލީ ކޯޓުން ވަނީ މިދިޔަ ހަ މަސް ދުވަހުގެ 99 އިންސައްތަ މަސައްކަތް ނިންމާފަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ