ހުލާސާކޮށް އިއްޔެ: ތަރައްގީ މަޝްރޫއުތައް މަޑުޖެހިފައި އޮތްއިރު އަސްކަރީ މަރުކަޒުތައް ގާއިމުކުރަނީ ހުލާސާކޮށް އިއްޔެ: ތަރައްގީ މަޝްރޫއުތައް މަޑުޖެހިފައި އޮތްއިރު އަސްކަރީ މަރުކަޒުތައް ގާއިމުކުރަނީ

އަމާޒަކީ މާ ދުރުނޫން މުސްތަގުބަލެއްގައި ދިވެހި އަސްކަރިއްޔާގައި އެއާފޯސްއަކާއި ނޭވީއެއް އުފައްދައި އާމީ ވެސް ވަކިން ހިންގުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރޭ ވިދާޅުވި އެވެ.
ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރު ކުރުމަށް އެކި ވަސީލަތްތައް ހޯދަމުން ދަނީ ފަހުރުވެރިކަމާއެކު ކަމަށެވެ. އަދި އެ ކަމަކީ ގައުމީ ކަމެއްގެ ގޮތުގައި ސިފަ ކުރައްވައި ރައީސް ވިދާޅުވީ އަމާޒަކީ އެއާފޯސް އާއި ނޭވީ ވެސް ދިވެހި އަސްކަރިއްޔާގައި އުފެއްދުން ކަމަށެވެ.
"އަޅުގަނޑުގެ ތަސައްވުރަކީ މި މަސައްކަތް މިގޮތަށް ކުރަމުން ގެންގޮސް އިރާދަކުރެއްވިއްޔާ މާ ދުރު ނޫން މުސްތަގުބަލެއްގައި ދިވެހި ސިފައިންގެ ތެރޭގައި އެއާފޯސްއެއް އުފެދި ނޭވީއެއް އުފެދި އަދި އާމީ ވެސް އުފެއްދުން،" ރައީސް ވިދާޅުވި އެވެ.
"އެގޮތުން އިރާދަކުރެއްވިއްޔާ އެ ހިސާބަށް މި ދިވެހި ސިފައިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ދިވެހި ސިފައިންގެ އަސްކަރިއްޔާގެ ބާރު ވަރުގަދަ ކުރަން މަސައްކަތް ކުރާނަން،"
ރައީސް ވިދާޅުވީ ދިވެހި އަަސްކަރިއްޔާގެ ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތް ކުރާތީ އެކަމާ ދެކޮޅު ހަދައި އެކަމަށް ފާޑު ކިޔާ މީހުންނަކީ އެ މީހުންގެ ހިތުގައި ގައުމީ ކުލުނު ނެތް މީހުން ކަމަށެވެ.
ދިވެހި ފަސްގަނޑަށް އުފަން ކޮންމެ މީހެއްގެ ހިތުގައި ގައުމީ ލޯބި އޮންނަންޖެހޭނެ ކަމަށާއި ދިވެހި އަސްކަރިއްޔާ ވަރުގަދަ ވެގެން ދިޔުމަކީ ދިވެހި ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށް ރައީސް ހަރު އަޑުން ވިދާޅުވި އެވެ.
"ގައުމީ ގޮތުން ގައުމީ ބާރު، ދިފާއީ ބާރު ވަރުގަދަ ކުރުމަށްޓަކައި ކުރެވޭ މަސައްކަތަކީ މި މިނިވަން މުސްތަގިއްލު ގައުމުގެ ހިމާޔަތްތެރިކަމާއި ރައްކާތެރިކަމާއި މިނިވަންކަމަށްޓަކައި އެ މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަމެއް، ފަހުރުވެރިކަމާ އެކީ ކުރަންޖެހޭ ކަމެއް، ލަދުގަންނަން ޖެހޭ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
"އެކަމާ މަލާމާތް ކުރާ މީހުންނަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ގައުމިއްޔަތު ކަމެއް ނެތް، ގައިމީ ލޯތްބެއް ނެތް، މަވެތިކަމުގެ އިންތިހާއަށް ގޮސްފައިވާ ސިޔާސީ ގޮތުން ގޮސް ގައުމު ކޮންމެ ފަދަ ގޮތަކަށް ވެގެންދިޔަސް ވަރިހަމަ ވިސްނުމުގައި ތިބި ބައެއް،"
އެ ވިސްނުމުން ދިވެހި ގައުމު ސަލާމަތް ކުރުމަކީ ގައުމީ ލޯބި ހިތުގައި އޮތް ކޮންމެ މީހެއްގެ ވާޖިބެއް ކަމަށް ރައީސް ވިދާޅުވި އެވެ.
މިރޭގެ ވާހަކައިގައި ރައީސް ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ވައިގެ އަސްކަރީ މަރުކަޒުތަކެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވެފަ އެވެ. ނަމަވެސް ވައިގެ މަރުކަޒުތައް ގާއިމު ކުރަނީ ސީދާ ކޮން ސަރަހައްދެއްގައި ކޮން ފެންވަރެއްގައި ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.
ތަރައްގީގެ މަޝްރޫއުތައް ހުއްޓާލައި، އަސްކަރިއްޔާ އަށް އަގުބޮޑުކޮށް ތަކެތި ހޯދަމުންދާއިރު، އެކަމުގައި ހާމަކަމެއް ނެތުމުން ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ރައީސް މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރުވާން ކައިރިވެފައިވާއިރު، އެ މަނިކުފާނުގެ މައިގަނޑު މަޝްރޫއުތައް ނުވެސް ފަށެއެވެ.
- 22 އޭޕްރިލް 2025, 24 ޝައްވާލް 1446, އަންގާރަ | ނަކަތް: ބުރުނު
-----
- ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ
- ވައިޖެހޭނީ އުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި
- ކަނޑު އާދައިގެ ވަރަކަށް މަޑުވާނެ
- ރާޅުގެ އުސްމިން ހުންނާނީ 1-4 ފޫޓުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ