ކަނޑޫމާތިލަ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ، މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވާ ގޮތުން، މި ހާދިސާގައި ގެއްލިފައިވަނީ، މިއަދު ހެނދުނު މާފުށި ގެސްޓުހައުސްއަކުން ފަތުރުވެރިން ގޮވައިގެން އެ ރަށް ކައިރީ އޮންނަ ކަނޑޫމާތިލަ ކައިރިއަށް ދިޔަ އުޅަނދަކުން ޑައިވިނަށް ފޭބި 26 އަހަރުގެ ޖަޕާނު ފިރިހެނެކެވެ.
އަދި އޭނާ ގެއްލުނު ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ ހެނދުނު 10:02 ކަންހާއިރު ކަމަށާ، މައުލޫމާތު ލިބުމާއެކު ޑައިވަރުންގޮސް އޭނާ ހޯދުމުގެ މަސައްކަތް ފެށިކަމަށެވެ.
އެމްއެންޑީއެފުން ދާދި ދެންމެއަކު ބުނީ، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން، މިއަދު ހަވީރު 17:17 ހާއިރު އެމީހާ މޫދުން ނަގާފައިވާ ކަމަށެވެ.
އެމީހާ ނަގައިގެން މާފުށީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ފުރާނަ ނެތް ކަމަށް މައުލޫމާތު ލިބެއެވެ.
ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ