އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެއިން ޓިމޯ ލެސްޓޭ އަތުން 1-0 ގެ ނަތީޖާ އަކުން ބަލިވުމުން މާފަށް އެދުމަށް ފަހު ގައުމީ ޓީމާ ދުރަށް ދާން ކޯޗު އަލީ ސުޒޭން ނިންމައިފި އެވެ.
ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމާ ސުޒޭން ހަވާލުވީ، އެންމެ ފަހުން ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވުމުންނެވެ. އޭގެ ފަހުން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ސުޒޭން ގައުމީ ޓީމާ ހަވާލުވެހުރިއިރު، މިއީ ރާއްޖެއިން ވިދިވިދިގެންވި ފަސްވަނަ ބައްޔެވެ.
އެންމެ ފަހުން ރާއްޖެއިން ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ބަންގްލަދޭޝްގައި އެ ޓީމު އަތުން 1-0 އިން މޮޅުވި މެޗެވެ.
ޓިމޯ ލެސްޓޭ މެޗަށްފަހު، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ސުޒޭން ބުނީ ޓިމޯ ލެސްޓޭ މެޗުގައި ރާއްޖެއިން ކުޅުނީ ދަށް ކުޅުމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އެކަމަށް ދިވެހި ފުޓުބޯޅަ އާއިލާގެ ކިބައިން މާފަށް އެދޭ ކަމަށް ސުޒޭން ބުންޏެވެ.
"އަޅުގަނޑު މި ޓީމާއެކު ކުރި މަސައްކަތް މިހާ ހިސާބުން މި ނިމުނީ. އަދި ކުރިއަށް އޮތް ތަނުގައި މި ޓީމާއެކު މަސައްކަތް ކުރާ އެންމެން އަށް އަޅުގަނޑުގެ ހެޔޮ ދުއާތައް އޮންނާނެ ކަމުގައި ދަންނަވަން" ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ ދިވެހި ފުޓުބޯޅަ އުނދަގޫ ހާލަތެއްގައި އޮއްވަ ގައުމީ ޓީމާއެކު މަސައްކަތް ކުރަން ލިބުން އެއީ ވަރަށް ބޮޑު ޝަރަފެއް ކަމުގަ އެވެ. އަދި ކޯޗުކަމުގެ މަގާމުގައި ހުރި ދުވަސްތަކުގައި އެއްބާރުލުންދިން ކުޅުންތެރިންނާ، އޮފިޝަލުން އަދި މެނޭޖްމަންޓަށް ޝުކުރުއަދާ ކުރާ ކަމަށް ސުޒޭން ބުންޏެވެ.
ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމާ ސުޒޭން ދުރަށް ޖެހިފައިވާއިރު، މި ފަހުން އެފްއޭއެމް އިން ވަނީ ގައުމީ ޓީމަށް ކޯޗަކު ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.
ސުޒޭން މާފަށް އެދި ގައުމީ ޓީމުން އިސްތިއުފާދީފި ސުޒޭން މާފަށް އެދި ގައުމީ ޓީމުން އިސްތިއުފާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ