މިއަހަރުގެ ފުރަތަމަ ފިލްމު "އަބަދަށް" ޕްރިމިއާކޮށްފި

މި އަހަރު އޮލިމްޕަހުގައި އެންމެ ފުރަތަމަ އަޅުވާ ފިލްމު "އަބަދަށް" ރޭގައި ޕްރިމިއާ ކޮށްފިއެވެ. ރޭގައި އޮލިމްޕަސް ސިނަމާގައި ފިލްމު ޕްރިމިއާ ކޮށްފައިވާއިރު ޕްރިމިއާ ބާއްވާފައިވަނީ ފިލްމުގެ ކާސްޓުންނާއި ކްރޫއިން ފެނިގެންދާ ރެޑް ކާޕެޓް އިވެންޓަކާއެކުގައެވެ. މި އިވެންޓުގައި ކާސްޓުންނާއި ކްރޫއިންގެ އިތުރުން ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ހިމެނޭ ބައެއް ފަންނާނުން ވަނީ ބައިވެރިވެފައެވެ. ރޭގެ އިވެންޓުގައި ވަނީ ފިލްމަށް މަސައްކަތް ކުރިއިރު ކާސްޓުންގެ މަސައްކަތްތަކާއި ތަޖުރިބާތަކުގެ ވާހަކަތައް ހިއްސާކޮށްފައެވެ. ޕްރިމިއާ އިވެންޓުގައި ހާއްސަ ބޮޑުބެރު ޝޯއެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަބަދަށް ފިލްމުގެ ގިނަ ޓްރެއިލަރުތަކެއް ވަނީ ޕްރޮޑަކްޝަނުން މީގެކުރީން ރިލިޒްކޮށްފައެވެ. ޓްރެއިލަރުން ފިލްމުގެ ތީމަށް ކޮންމެ ވެސް ވަރަކަށް އަލިއަޅުވާލާފައިވެއެވެ. ޓްރެއިލަރުގެ ތީމުން ކިޔައިދޭ ގޮތުގައި ތަފާތު އެކި ކަހަލަ ގޯސް އިހުސާސްތައް ކުރެވޭ ނަމަ އޭގެ ނޭދެވޭ އަސަރުތައް ކުރާނެވެ. ނަފުސާނީ ބަލިމަޑުކަމެއްގެ ޝިކާރައަކަށް ވެފައިވާ މީހެއް އެ ބައްޔާއެކު އުޅޭ އިރު އަމިއްލަ ނަފުސާ ދައްކާ ވާހަކަތައް ވެސް ޓްރެއިލަރުން ދައްކައިދީފައިވެއެވެ. އަލަށް ނެރޭ މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ހިމެނެނީ ޔޫސުފް ޝަފީއު (ޔޫއްޕެ)އާއި އިސްމާއީ ރަޝީދު (ކޮޕީ އިއްސެ)އާއި ވާޝިޔާ މުހައްމަދުގެ އިތުރުން ޝާރިފް އަހުމަދު އަދި ސޫޒަން އިބްރާހީމްފުޅެވެ. ނޫރު އެން މޫވީސްގެ ދަށުން ގެނެސްދިނުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ކާސްޓަކީ މީގެ ކުރީން ވެސް މޫމިނާ އެކު މަސައްކަތް ކޮށްފައިވާ ކާސްޓެކެވެ. "ލޫދިފާ" އާއި "ގޮށްރާޅު" އަދި "ނިވައިރޯޅި" ފަދަ ފިލްމުތައް ގެނެސްދީފައިވާ މޫމިންގެ އާ ފިލްމުން ވެސް މިފަދަ ތީމުތަކެއް ފެންނަނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ