އެމެރިކާގައި އުޅޭ ލުބުނާނަށް ނިސްބަތްވާ ކިޑްނީ ޑޮކްޓަރު ޑީޕޯޓްކޮށް ވައިޓްހައުސް އިން އޭނާއަށް މަލާމާތް ކޮށްފި

ކީޑްނީ ޓްރާންސްޕްލާންޓް ސްޕެޝަލިސްޓެއްގެ ގޮތުގައި އެމެރިކާގެ ރޯޑް އައިލޭންޑްގައި މަސައްކަތް ކުރާ ރަޝާ އަލާވެއި އެމެރިކާއިން ޑިޕޯޓް ކޮށްލައިފިއެވެ.
އޭނާ ޑިޕޯޓު ކޮށް ސްޓޭޑް ޑިޕާޓްމަންޓުން އެކަން ހާމަ ކުރި ޕޯށްޓެއް ރީޓްވީޓް ކުރަމުން ވައިޓްހައުސް އިން ވަނީ އޭނާއަށް މަލާމާތް ކޮށް ޕޯސްޓެއް ޖަހާފައެވެ.
"ބައި ބައި ރަޝާ" ޖަހާ، ކެމްޕެއިންގެ ތެރޭގައި ޓްރަމްޕް މަގުމަތީގައި ހުންނަ ކުޑަކަޑައަކަށް ވަޑައިގެން ވެއިޓަރެއްގެ މަސައްކަތް ކުރައްވަން އުޅުއްވި އިރު ކުޑަދޮރުން ހަނާ އަޅާ ފޮޓޯއަކާއި ރަޝާގެ ފޮޓޯއެއް ހިމަނާ ވަނީ ރީޕޯސްޓް ކޮށްފައެވެ.
މުރާސިލުން ބުނަނީ ވައިޓްހައުސް އިން އެކަން އެގޮތަށް ކޮށްފައި ވަނީ މުސްލިމުން ރުޅިއެރުވުމުގެ އިތުރުން، ބްލީ ކުރުމުގެ ގޮތުންނެވެ.
ވައިޓްހައުސް އިން ބުނަނީ ރަޝާ އަކީ ލުބުނާނުގެ ހިޒްބުއްލޯ އާ ގުޅުން އޮންނަ މީހެއް ކަމަށާއި، އޭނާ ވަނީ ހަސަން ނަސްރުއްﷲ ގެ ޖަނާޒާއަށް ވެސް ދާނެ ކަން މީގެ ކުރިން އިއުލާން ކޮށްފައި ކަމަށެވެ. އަދި އޭނާގެ ފޯނުގައި ނަސްރުއްﷲ އާއި ހިޒްބުއްލޯގެ އިސް ބައެއް ކޮމާންޑަރުންގެ ފޮޓޯ ހުރި ކަމަށާއި އެ ފޮޓޯތައް އޭނާ ފަހުން ޑީލީޓް ކުރި ކަމަށް ބުނެފައެވެ.
އުމުރުން 34 އަހަރުގެ ރަޝާ އަކީ ވިސާ އާއެކު އެމެރިކާގައި މަސައްކަތް ކުރާ ޕްރޮފެސަރެކެވެ.
އޭނާ ޑީޕޯޓް ކުރި މައްސަލަ އޭނާގެ ފަރާތުން ގާނޫނީ ޓީމަކުން ވަނީ ކޯޓަށް ވައްދާފައެވެ. އެ ޓީމުން ބުނެފައި ވަނީ، މީގެ ކުރިން ނިންމާފައިވާ ގަޒިއްޔާތަކުން އެނގޭ ގޮތުގައި އޭނާގެ ވިސާގެ ދަށުން މައްސަލަ ނިމެންދެން އެމެރިކާގައި ހުރެވޭނެއެވެ. ނަމަވެސް ދައުލަތުގެ ވަކީލުން ބުނެފައި ވަނީ، އޭނާ އަށް ހުރެވޭނެކަން އަންގައި ޖަޖް ފޮނުއްވި ލިޔުން ލިބުނީ އޭނާ ބޯޓަށް ލައި ފުރިވާލި ފަހުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ