އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.
އެގޮތުން ރޯދަ މަހުގެ ތޭވީސް ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ “ތައި ބީފް ސެލަޑް”ތައްޔާރު ކުރާނެގޮތެވެ.
ބޭނުންވާތަކެތި:
1 1/2 މޭޒުމަތީ ސަމުސާ ލުނބޯހުތް 1 މޭޒުމަތީ ސަމުސާ ބްރައުން ޝުގަރ 1 ލޮނުމެދު ޗަސް ކޮށްފައި 1 މޭޒުމަތީސަމުސާ 1 ސައިސަމުސާ ފިޝްސޯސް 2 ސައިސަމުސާ ސެސަމީ އޮއިލް 1 ސައިސަމުސާ ސޯޔާސޯސް 2 ސައިސަމުސާ އިނގުރު (ގާނާފައި) 600ގ ބީފް ސްޓީކް 200ގ ޗެރީ ޓޮމާޓޯ 2 ރަތް ތޮޅިމިރުސް އޮށްނަގާ ސާފުކޮށްފައި ފްރެޝް މިންޓްފަތް ފްރެޝް ކޮރިއަންޑާ ފަތް ފްރެޝް ބެސިލް ފަތް 55ގ ޕީނަޓް ރޯސްޓް ކޮށްފައި
ތައްޔާރުކުރާނެގޮތް:
އެންމެފުރަތަމަ ބީފް ސްޓީކް ގައި ލުނބޯހުތް، ފިޝްސޯ، ސެސަމީ އޮއިލް، ސޯޔާސޯސް،އިނގުރު އަދި ބްރައުން ޝުގާ މިޔަކެތި އުނގުޅާފައި މެރިނޭޓް ކުރަން ފްރިޖްގައި 2 ގަޑިއިރުވަންދެން ބާއްވާށެވެ. މެރިނޭޓް ކޮށް ނިމުނީމަ ބާބެކިއު ގްރިލާއެއްގައި ރަނގަޅަށް ބީފްގަނޑު ގްރިލްކޮށްފައި ހިހޫވީމާ ތުނިކޮށް ކުދި ކުދި މަސްކޮޅުތައް ކޮށާލާށެވެ. ތަށްޓަކަށް ކޮށާފައި ހުރި ބީފް އަޅާފައި މައްޗަށް ޓޮމާޓޯ، ކިއުކަމްބާ،ފިޔާ، މިރުސް، މިންޓްފަތް، ކޮރިއަންޑާ، ބެސިލް އަޅާފައި އެއްކޮށްލާށެވެ. އަދި ބާކީ ހުރިބާވަތް ވެސް އެއްކޮށްލާފައި ސާރވް ކުރާށެވެ.
އޭއޯރޯދައިގެ ބަދިގެ: ސޮސެޖް ރިހަ އޭއޯ ރޯދައިގެބަދިގެ: ކޮރެއަން ސްޕައިސީ ޕޮޓޭޓޯ ނޫޑުލްސް އޭއޯ ރޯދައިގެބަދިގެ: ކްރޭންބެރީ މޮކްޓެއިލް އޭއޯ ރޯދައިގެބަދިގެ: ސޮސެޖް ޗީޒް ޕަފް މަގުބޫލު ލިޔުންތައް ދެ ކަރަންޓު ބިލެއް ފޮނުވަނީ، ރޯދަމަހުގެ ޑިސްކައުންޓް ފުރިހަމައަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ