މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ވަގުތީ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުގައި މާދަމާ އަޑުއެހުމެއް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ ދަށުން އެއްވެސް މެންބަރަކާ މެދު ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިފައިވާ މައްސަލާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން މާދަމާއަށް ތާވަލްކޮށްފި އެވެ.
ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި އޭނާގެ ފަރާތުން އެދިފައިވަނީ އެ މައްސަލަ ނިމެންދެން އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލޭ ފަދަ ފިޔަވަޅެއް ނޭޅުމަށެވެ.
އެ މައްސަލާގެ އަޑުއެހުމެއް މާދަމާ ހެނދުނު 11:00 އަށް ތާވަލް ކޮށްފައިވެ އެވެ.
އެ މައްސަލާގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ތާވަލް ކުރިއިރު, ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.
އިދިކޮޅު އެމްޑީޕީން ބުނާ ގޮތުގައި ފަނޑިޔާރުންގެ އަދަދު މަދުކުރަނީ މެމްބަރުން ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ