މިއަހަރަކީ ރޯދަމަހަށް ތައްޔާރުވާން ސްޓެލްކޯއިން މީގެ ކުރިން ތާރީޚުގައިވެސް ކޮށްފައިނުވާވަރަށް މަސައްކަތްކޮށް ނަތީޖާ ނެރުނު އަހަރެއް!

މިއަހަރަށް ބަލައިފިނަމަ މިއަހަރަކީ ރޯދަމަހަށް ތައްޔާރުވާން ސްޓެލްކޯއިން މީގެ ކުރިން ކުންފުނީގެ ތާރީޚުގައިވެސް ކޮށްފައިނުވާވަރަށް މަސައްކަތްކޮށް ނަތީޖާ ނެރުނު އަހަރެކެވެ. 
އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވެނީ ލޯޑްބޮޑުވެ ކެޕޭސިޓީ ނެތިގެން ކަރަންޓް ކަނޑާލަންޖެހުމުގެ މައްސަލަ ޙައްލުކުރަން ކުރި ބޮޑު މަސައްކަތެވެ. މާލެސިޓީގެ މުޅި ސަރަޙައްދާއި އަދި އެއިގެ އިތުރުން ސްޓެލްކޯއިން ކަރަންޓްގެ ޚިދުމަތްދޭ 33 ރަށުގައިވެސް ސްޓެލްކޯއިން ވަނީ ކަރަންޓް ދިނުމުގެ ކެޕޭސިޓީ ކުރިއާލައި އިތުރުކޮށްފައެވެ. 
ރަމަޟާން މަހަކީ އެހެން މަސްތަކަށްވުރެ އިތުރަށް ކަރަންޓްގެ ބޭނުންކުރާ މަހެކެވެ. ޚާއްޞަކޮށް ރޭގަނޑުގެ ގިނަ ވަޤުތުތަކެއްގައި ގިނަ ބައަކު ހޭލާތިބޭތީވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެގެންދެއެވެ. 
އެހެންކަމުން މިބޮޑު މައްސަލަ ޙައްލުކުރަން މިއަހަރު ސްޓެލްކޯއިން ކުރި މަސައްކަތްތަކަކީ ތަޢްރީފް ޙައްޤު މަސައްކަތްތަކެކެވެ. އެކަމުން އެނގިގެންދަނީ ސްޓެލްކޯ ހިންގަން ތިބި ވެރިންގެ ޤާބިލުކަމެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާ ފުރިހަމައަށް ފޯރުކޮށްދޭން މިއަދުގެ ސަރުކާރުން ދޭ ސަމާލުކަން ޢަމަލީ ގޮތުން ތަންފީޒުކުރަން ސްޓެލްކޯގެ މުޅި ޓީމުން ދެމުން އަންނަ ސަމާލުކަން ބޮޑުކަމެވެ. 
ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރަން ސްޓެލްކޯއިން ކުރެވުނު މަސައްކަތްތަކާއިބެހޭގޮތުން މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެފައިވަނީ "އިރާދުކުރެއްވިއްޔާ މި ރޯދަމަހު ކަރަންޓުގެ މައްސަލައެއް ދިމާ ނުވަންޏާ އަޅުގަނޑުމެން ކަރަންޓްގެ ޚިދުމަތް ކަނޑާލާކަށް ނުޖެހޭނެ" ކަމަށެވެ. 
"ދެން ޓެކްނިކަލް މައްސަލައެއް ދިމާވެދާނެ އިންގޭތޯ. އޭގެ ޕޮސިބިލިޓީ ނެތެކޭ އަޅުގަނޑުވެސް ނުދަންނަވާނަން. އެހެންނަމަވެސް ކެޕެސިޓީ މަދުވެގެން އަޅުގަނޑުމެންމި އެއްވެސް ރަށަކުން ނުވަތަ މާލޭ، ގްރޭޓަރ މާލެ ރީޖަން އިން ކަރަންޓް ކަނޑާލާކަށް ނުޖެހޭނެ. އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންގެ 33 ރަށުގައވެސް، އަޅުގަނޑުމެންގެ ޅިދުމަތްމިދޭ 33 ރަށުގައިވެސް ދުރާލާ ރާވައިގެން ކެޕެސިޓީ އިތުރު ކޮށްފަ މިހިރީ. 
ދެން ގްރޭޓަރ މާލޭގައި ނުވަތަ މާލޭގައި އަޅުގަނޑުމެން ޕަވަރ ޕްލާންޓެއް އަޅަން 17 މެގަވޯޓް ޕަވަރ ޕްލާންޓެއް އެޅުމުގެ މަސެއްކަޔް އެބަދޭ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބިން ހޯދަން ކުރި މަސައްކަތުން ބިން ލިބިގެން ދިޔައީ މިދިޔަ ބުރާސްފަތި ދުވަހު. އެހެންނަމަވެސް އަޅުގަނޑުމެންނަށް ހުޅުމާލެއަށް ބޭނުންވާ ނުވަތަ މާލެއަށް ބޭނުންވާ 17 މެގަވޯޓްގެ 13 އިންޖީނާއި ޓްރާންސްފޯމަރ އަދި ކޭބަލް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުމެންގެ އިންޖީނިއަރުން އެދަނީ ރެއާއި ދުވާކު މަސެއްކަތް ކުރަމުން ރޯދަމަހަށް، މާދަމައަށް ވާއިރަށް ތައްޔާރުވާން. އިރާދު ކުރެއްވިއްޔާ ކަރަންޓްގެ މައްސަލަ މާލޭގަ ދިމަލެއް ނުވާނެ. މި ދެންނެވިހެން ކެޕެސިޓީ ނެތިގެން އަޅުގަނޑުމެން ކަރަންޓް ކަނޑާލާކަށް ނުޖެހޭނެ. އަޅުގަނޑުމެން މިތިބީ އެކަމަށް ތައްޔާރު ވެފަ، ދުރާލާ ތައްޔާރު ވެފަ."
- ޙުސައިން ފަހުމީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ