ވަޒީފާގެ ފުރުސަތުތަކާ ގުޅޭ ގޮތުން ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ން އިންތިޒާމްކުރާ ފެއާ އަންނަ މަހު 22-23އަށް ބާއްވަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޔޫން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، 'އެމްއެންޔޫ ފަހި ފުރުސަތު' އޮންނާނީ:
އެ ޔުނިވަސިޓީގެ މައި މަރުކަޒުގައި
މާލޭ ކެމްޕަހުގައި
އަތޮޅު ކެމްޕަސްތަކުގައި
ފެއާ ހުޅުވާނީ، އެމްއެންޔޫން ބުނި ގޮތުގައި:
ހަވީރު 4 އިން 6އަށް
ރޭގަނޑު 8 އިން 10އަށް
ތަފްސީލް - މި ފެއާ ބޭއްވުމުގެ މަގުސަދަކީ، އެމްއެންޔޫން ބުނި ގޮތުގައި، މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި މަސައްކަތުގެ ތަޖުރިބާ ލިބޭނެ ފަދަ ކަންކަން އާންމުންނަށް ފަސޭހައިން ދައްކާލުމެވެ. އެގޮތުން، އާންމުންނަށް އެހާ ބޮޑަށް ނޭނގޭ ބްރޭންޑުތަކާއި ފުރުސަތުތައް ފަސޭހައިން އާންމުންނަށް ގެނެސްދިނުމަކީ އެ ޔުނިވަސިޓީގެ މަގުސަދެއް ކަމަށް އެ ތަނުން ބުންޏެވެ.
އެމްއެންޔޫން ބުނީ މި ފެއާގައި ބައިވެރިވާން ބޭނުންވާ ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތަކަށް މި މަހު 30ގެ ނިޔަލަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.
ފާހަގަކޮށްލެވޭ - މިދިޔަ އަހަރު ބޭއްވި 'އެމްއެންޔޫ ފަހި ފުރުސަތު'ގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތައް ހިމެނޭ ގޮތަށް 35 ތަނަކުން ބައިވެރިވި ކަމަށް އެމްއެންޔޫން ބުންޏެވެ.
އެމްއެންޔޫގެ ޖޮބް ފެއާ 22-23 މޭގައި ހުރިހާ ކެމްޕަހެއްގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ