މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލްސީސީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޮނިހިރު ދުވަހު ފޯނުން މަޝްވަރާ ކުރައްވައި، ގާޒާގެ ހަނގުރާމަ ހުއްޓުވުމަށް އެއްބަސްވެވަޑައިގެންފަ އެވެ. މިކަން މިސްރުގެ ރިޔާސީ ބަޔާނެއްގައި ފާހަގަކޮށްފައިވެ އެވެ.
މި ބަޔާނުގައި ފަލަސްތީނު ރައްޔިތުން ގާޒާއިން މިސްރަށާއި ޖޯޑަނަށް ބަދަލުކުރުމަށް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމާ ބެހޭ އެއްވެސް ވާހަކައެއް ހިމަނާފައެއް ނުވެ އެވެ. މި ހުށަހެޅުމަށް ދެ ގައުމުންވެސް ވަނީ އާންމުކޮށް އިންކާރުކޮށްފަ އެވެ.
ވައިޓް ހައުސްއިން ބުނެފައިވާ ގޮތުގައި ދެ ރައީސުން ވާހަކަފުޅު ދައްކަވާފައިވަނީ "ގާޒާއިން ރަހީނުން ދޫކޮށްލުމުގައި މިސްރުގެ މުހިންމު ރޯލާ" ބެހޭގޮތުންނެވެ. އަދި ސީސީ ވިދާޅުވެފައިވަނީ ޓްރަމްޕަށް މި ސަރަހައްދަށް ސުލްހަ ގެނެވޭނެކަމުގެ ޔަގީންކަން އޮތްކަމަށެވެ.
މިސްރުގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ދެ ލީޑަރުންގެ މަޝްވަރާގައި އިސްރާއީލާއި ހަމާސްއާ ދެމެދު މިސްރު، އެމެރިކާ އަދި ގަތަރުގެ މެދުވެރިކަމާއެކު ވެވުނު ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމުގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ މުހިންމުކަން ފާހަގަކުރެވުނެވެ.
ފަނަރަ މަސްދުވަހުގެ ހަނގުރާމައިގެ ސަބަބުން ގާޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ވަނީ ގެދޮރު ގެއްލި، %80 ގެދޮރަށް ވަނީ ހަލާކުވެ ނުވަތަ ގެއްލުން ލިބިފަ އެވެ. ގާޒާގެ ހެލްތު މިނިސްޓްރީގެ މައުލޫމާތުން އެނގޭގޮތުގައި އޮކްޓޯބަރު 2020 އިން ފެށިގެން 47,000 އަށް ވުރެ ގިނަ ފަލަސްޠީނުން ވަނީ މަރުވެފައެވެ.
ސީސީ ވަނީ ބުދަ ދުވަހު ފަލަސްޠީނުން ގާޒާއިން މިސްރަށާއި ޖޯޑަނަށް ބަދަލުކުރުމުގެ ޚިޔާލު ދެކޮޅުހައްދަވައި، އެއީ "އަނިޔާވެރި ޢަމަލެއް" ކަމަށް ވިދާޅުވެ، މިސްރު އެކަމުގައި ބައިވެރިނުވާނެކަމަށް ވިދާޅުވެފައެވެ.
ނަމަވެސް، ބުރާސްފަތި ދުވަހު ޓްރަމްޕް ވަނީ އޭނާގެ ގޮވާލުން ތަކުރާރުކުރައްވާފަ އެވެ.
"އެމީހުން އެކަން ކުރާނެ. އެމީހުންނަށް އެނގޭ އެކަން ކުރަން ޖެހޭނެކަން. އަޅުގަނޑުމެން އެމީހުންނަށް ވަރަށް ގިނަ ކަންތައް ކޮށްދެން، އަދި އެމީހުން އެކަން ކުރާނެ،" އޭނާ ވިދާޅުވިއެވެ. މިއީ މިސްރަށާއި ޖޯޑަނަށް ދެވޭ އެމެރިކާގެ އެހީއަށް އިޝާރާތްކުރައްވައި ދެއްކެވި ވާހަކަފުޅެކެވެ.
ހޮނިހިރު ދުވަހު ގާހިރާގައި ބޭއްވުނު އަރަބި ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައިވެސް ވަނީ ފަލަސްތީނު ރައްޔިތުން ގާޒާއިން ބޭރުކުރުމަށް އިންކާރުކޮށް، އެފަދަ ކަމެއް ކުރުމަކީ ސަރަހައްދީ ހަމަޖެހުމަށް ނުރައްކާވެ، ހަނގުރާމަ ފެތުރި، ސުލްހައިގެ ފުރުސަތުތައް ނެތިދާނެ ކަމެއްކަމަށް ބުނެފައެވެ.
ޑޮނަލްޑް ޓްރަމްޕް މި ހަފްތާގައި ހުށަހެޅުއްވި، ގާޒާގެ ރެފިއުޖީން މިސްރަށާއި ޖޯޑަނަށް ބަދަލުކުރުމުގެ ހުށަހެޅުމާ ދެކޮޅަށް، ހުކުރު ދުވަހު ރަފާ ބޯޑަރު ކްރޮސިން ގައި ގިނަ އަދަދެއްގެ މީހުން މުޒާހަރާކުރި ފއެވެ. މިއީ ސަރުކާރުން ހުއްދަ ދީގެން ބޭއްވުނު މަދު މުޒާހަރާތަކުގެ ތެރެއިން އެކެކެވެ.
މިސްރުގެ ރައީސް އަލްސީސީ ވަނީ ބުދަ ދުވަހު، ގާޒާގެ މީހުން ބަދަލުކުރުމަށް މިސްރުން އެއްބާރުލުން ދޭނެކަމުގެ ޚިޔާލާ ދެކޮޅުހައްދަވައި، އެކަމާ ދެކޮޅަށް މިސްރުގެ ރައްޔިތުން މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރާނެކަމަށް ވިދާޅުވެފަ އެވެ.
މިސްރުގެ ދިދައާއި ފަލަސްތީނުގެ ދިދަ ނަގައިގެން ތިބިއެވެ މުޒާހަރާގެ ބައިވެރިން "ދިގުއުމުރު ދެއްވާށި މިސްރަށް" ގޮވަމުންދިޔަ އެވެ.
"ފަލަސްތީނު ނުވަތަ ގާޒާގެ މީހުން މިސްރުގެ ސައިނާއީގެ ބިމަށް ބަދަލުކުރުމަށް އަޅުގަނޑުމެން ނޫނެކޭ ބުނަން ،" ސައިނާއީގެ ރައްޔިތެއް ކަމަށްވާ ގާޒީ ސައީދު ބުނެޏެވެ.
މިސްރުގެ ސެކިއުރިޓީ ވަސީލަތްތަކުން ބުނެފައިވާ ގޮތުން، އާންމުން އުޅުން މަނާ ބޯޑަރު ކްރޮސިން އަށް މުޒާހަރާކުރަން މީހުން ގެންދިއުމަށް ސީސީއާ ގާތް ފަރާތްތަކުން ބަހުގެ އިންތިޒާމް ހަމަޖައްސާފައިވެ އެވެ. ނަމަވެސް މި އިހުތިޖާޖަކީ ހަމައެކަނި ވެރިންގެ އިތުރަށް، އާންމުންގެވެސް ޓްރަމްޕްގެ ހުށަހެޅުމާ ދެކޮޅު ކަން ހާމަކުރުމެކެވެ.
ފަލަސްތީނު މީހުން ގާޒާއިން ބޭރުކުރުމުގެ ކޮންމެ ހުށަހެޅުމަކީވެސް އޮކްޓޯބަރު 2023 ގައި ފެށުނު ގާޒާ ހަނގުރާމައިން ފެށިގެން ފަލަސްތީނު ލީޑާޝިޕުން އެތަކެއް އަހަރެއް ވަންދެން ދެކޮޅުހަދާ، އަދި އަވަށްޓެރި އަރަބި ގައުމުތަކުން ތަކުރާރުކޮށް އިންކާރުކުރާ ކަމެކެވެ.
ޖޯޑަންގައި މިހާރުވެސް ފަލަސްތީނުގެ އެތައް މިލިއަންމީހުން ދިރިއުޅެމުންދާއިރު، މިސްރުގައި ދިރިއުޅެނީ ދިހަ ހާހުން ގުނާލެވޭ އަދަދެއްގެ ފަލަސްތީނު މީހުންނެވެ.
ފަލަސްތީނު ރައްޔިތުން ގާޒާއިން ބޭރުކުރުމަށް ޓްރަމްޕްގެ ހުށަހެޅުމާމެދު މިސްރުގެ ރައީސް ހަނުހުންނެވުމަށްފަހު، ހަނގުރާމަ ހުއްޓުވުމަށް އެއްބަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ