ވަޒީފާ ނުއުފެދޭތީ ޕައިލެޓްކަން ކިޔަވަން ހުޅުވައެއްނުލާނެ: އަމީން

ޕައިލެޓުންގެ ކަންކަން މިހާރު މި އޮތް ހާލަތުގައި އޮއްވާ މި ސަރުކާރުން ޕައިލެޓު ޓްރެއިނިންއަށް ހުޅުވައިނުލާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖެއަށް ބޭނުންވާ ވަރަށްވުރެ މިހާރު ވެސް ޕައިލެޓުން މާ ގިނައެވެ. ގިނަ އަދަދެއްގެ މީހުން ބޮޑު އަގުގައި ޕައިލެޓްކަން ކިޔަވައިގެން ވަޒީފާ ނުލިބި އެބަތިއްބެވެ. ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، މި ސަރުކާރުގައި ޕައިލެޓް ޓްރެއިނިންއަށް އިތުރު ފުރުސަތު ހުޅުވައިލާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، މި ވަގުތު ކެޑޭޓް ޕައިލެޓުންނަށްވުރެ ބޮޑަށް ގައުމަށް ބޭނުންވާ އެހެން ދާއިރާތައް ހުރުމެވެ. ނަމަވެސް، މީގެ ކުރީން ސްކޮލާޝިޕް ލިބިފައިވާ ދަރިވަރުން އިތުރަށް އެ ދާއިރާއިން ކުރިއަށްދާން ބޭނުންވާނަމަ ސަރުކާރުން ހުރަސްނާޅާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ، މި ހާލަތުގައި އިތުރު ޕައިލެޓުން އުފެއްދުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. https://sun.mv/204768 ރާއްޖޭގެ އެއްވެސް އެއާލައިނެއް ކެޑޭޓް ޕައިލެޓުން ލައިގެން އޮޕަރޭޓް ނުކުރެވޭނެކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ، އޭނާގެ އޭވިއޭޝަން ހަޔާތުގެ ދިގު މާޒީގައި ރާއްޖޭގެ އެއްވެސް ކެޑޭޓް ޕައިލެޓަކަށް ދުނިޔޭގެ އެއްވެސް ގައުމަކުން ވަޒީފާ ދީފައިވާތަން ފެނިފައިނުވާ ކަމަށެވެ. ނަމަވެސް، ތަޖުރިބާހުރި ޕައިލެޓުންނަށް ނުވަތަ ކެޕްޓަނުންނަށްވުމުން ދުނިޔޭގެ އެކި ގައުމުތަކުން ވަޒީފާ ލިބިފައި އެބަހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އަމީން ވިދާޅުވީ، ރާއްޖޭގެ އޭވިއޭޝަން ގްރޯތް ހުރީ 7.5 ޕަސެންޓުގައި ކަމަށެވެ. ވޭތުވެދިޔަ ފަސް އަހަރު ނުވަތަ ހަ އަހަރަށް ބެލި ނަމަވެސް ކެޑޭޓް ޕައިލެޓުން ނަގައި ޓްރެއިނިން ޕްރޮސެސްގެ ތެރޭގައި އެންމެ ގިނަވެގެން ވެސް ވަޒީފާދެވެނީ 20 ނުވަތަ 22 ކުދީންނަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ކުރަނީ މޯލްޑިވިއަންއާއި ޓީއެމްއޭއިން އެކަންޏެވެ. މިދިޔަ ވެރިކަމުގައި 500 އަށްވުރެ ގިނަ ކުދީންނަށް ޕައިލެޓް ޓްރެއިނިން ހަދަން ފުރުސަތު ދެއްވި. ވަކި މަގުސަދެއް ހާސިލުކުރުމަށް ގައުމަށް ބޭނުންނުވާ އަދަދުތަކަށް ސްކޯލާޝިޕް ދިނީމާ މިހާރު ވެފައި އޮތްގޮތަކީ ވަރަށް ބޮޑަށް އެކްސެސްވެފައި އޮތީ. އޭގެ އިތުރުން އަމިއްލަ ޚަރަދުގައި 200 ވަރަކަށް ކުދީން ކިޔަވަމުންދިޔަ، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން އަމީން ވިދާޅުވީ، ކެޑޭޓް ޕައިލެޓުންގެ މި މައްސަލައަކީ ރާއްޖޭގައި އެކަނި ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށެވެ. ބައެއް ގައުމުތަކުގައި ސިވިލް އޭވިއޭޝަނުގެ ގާނޫނަށް ވެސް ކެޑޭޓް ޕައިލެޓުންގެ ވަޒީފާ އެއްވެސް އެހެން ގައުމެއްގެ ޕައިލެޓަކަށް ނުދެވޭގޮތަށް ބަދަލުގެންސްފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. https://sun.mv/193093 މިނިސްޓަރު ވިދާޅުވީ، ޕައިލެޓްކަން ކިޔަވައިގެން އަންނަ ކުދީންގެ ލައިސެންސަކީ އާކުރަންޖެހޭ އެއްޗެއް ކަމަށާއި ވަޒީފާއެއް ނުވަތަ ޓްރެއިނިންއެއް ނުލިބޭނަމަ އޭގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. މިއީ ހަމަ ޖީލަކަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް. މި މައްސަލަ ހައްލުކުރުމަށްޓަކައި ކުރެވޭނީ ކޮންކޮން ކަންތައްތަކެއްތޯ އަޅުގަނޑުމެން ބަލާފައި މިހާރު އަޅުގަނޑުމެންގެ އޮޕަރޭޓަރުންނަށް މަޖުބޫރުކޮށްފައި އޮންނާނެ، އޮތް މިންގަނޑަށްވުރެ އިތުރަށް ކުދީން ނަގަން ވެސް، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ފާހަގަކޮށްލެވޭ ގޮތުގައި ވަޒީފާ ނުއުފެދޭތީ މިދިޔަ އަހަރު މަތީ ތައުލީމަށް ލޯނު ދޫކުރިއިރު ޕައިލެޓުކަން ކިޔަވަން ދޫކޮށްފައިވަނީ އެންމެ 10 ފުރުސަތެވެ. މިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެތައް ސަތޭކަ ދަރިވަރުންނަށް ވަނީ ޕައިލެޓުކަން ކިޔެވުމަށް ސްކޯލާޝިޕް ދީފައެވެ. މި ސަރުކާރުން ވަނީ ޕައިލެޓުކަން ކިޔަވަން މިދިޔަ ސަރުކާރުގައި ދިން ފުރުސަތުތަކަކީ ސިޔާސީ ބޭނުމުގައި ދީފައިވާ ފުރުސަތުތަކެއް ކަމަށް ތުހުމަތުކޮށްފައެވެ. ރާއްޖޭގައި މިހާރު ވެސް ޕައިލެޓު ލައިސެންސް ނަގައިގެން ވަޒީފާއެއް ނުލިބި 200އަށްވުރެ ގިނަ ޕައިލެޓުން އެބަތިބި ކަމަށް މިދިޔަ އޭޕްރީލް މަހު އަމީން ވިދާޅުވިއެވެ. އޭނާ އޭރު ވެސް ވިދާޅުވީ، ކޮންމެ ގައުމެއްގައި ވެސް ޕައިލެޓް ޓްރެއިނިން ހަދައިގެން ތިބޭ ބޮޑު ބެކްލޮގެއް އޮންނަ ކަމަށާއި އެ ގައުމުގެ ރައްޔިތަކަށް ނޫނީ ޕައިލެޓެއްގެ ވަޒީފާ އަދާކުރުމުގެ ފުރުސަތު ނޯންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ