ކާށިދުއާއި ކެލާ ފަޅުގައި ރިސޯޓު ހަދަން ބީލަމަށް ހުޅުވާލައިފި
ކ. ކާށިދުއާއި ހއ. ކެލާ ފަޅު ތެރޭގައި ރިސޯޓެއް ހަދަން ބީމަލަށް މިއަދު ހުޅުވާލައިފިއެވެ. ކެލާއާއި ކާށިދޫ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ މަސައްކަތްކުރަން އެ ކެލާގެ އިހުތިސާސަށް ވެސް ވަނީ ބަދަލު ގެންނަވާފައެވެ. ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރަން ބީލަމަށް ހުޅުވާލައިފައެވެ. ހުޅުވާލާފައިވަނީ އެ ފަޅުގައި 12.19 ހެކްޓަރުގެ ދެ ރަށް ހިއްކައިގެން ރިސޯޓު ތަރައްގީކުރާށެވެ. އެ ތަނުން އެއް ރަށަކީ 156.2 ހެކްޓަރުގެ ރަށެކެވެ. އަނެއް ރަށަކީ 169.3 ހެކްޓަރުގެ ރަށެކެވެ. ދެ ރިސޯޓުގައި ވެސް 200 އެނދު ތަރައްގީކުރަން ޖެހޭއިރު، ކުއްޔަށް ނަގަން ޖެހެނީ 50 އަހަރަށެވެ. އެ ތަނުން 156.2 ހެކްޓަރުގެ ރަށުގެ ބިޑު ކާމިޔާބުވުމުން ދެ މަސް ދުވަސް ތެރޭގައި މަދުވެގެން 1.99 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހެއެވެ. އަދި، 169.3 ހެކްޓަރުގެ ރަށުގެ ބިޑު ކާމިޔާބުވުމުން ދެ މަސް ދުވަސް ތެރޭގައި ސަރުކާރަށް 2.03 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަންޖެހެއެވެ. https://sun.mv/204204 ކާށިދޫ ފަޅުން އިއުލާނުކޮށްފައިވަނީ 10 ހެކްޓަރުގެ ރަށެއް ހިއްކައިގެން ރިސޯޓެއް ތަރައްގީކުރާށެވެ. އެ ރަށު ފަޅުން ވިއްކަނީ 115.21 ހެކްޓަރުގެ ރަށެކެވެ. އެ ރަށުގައި ތަރައްގީކުރަން ޖެހެނީ 100 އެނދުގެ ރިސޯޓެކެވެ. އެ ރަށް ވެސް 50 އަހަރަށް ކުއްޔަށް ދޫކުރާއިރު، ބިޑު ކާމިޔާބުވުމުން ދެ މަސް ދުވަސް ތެރޭގައި ސަރުކާރަށް 2.25 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. މި ބިޑުތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 25،000 ޑޮލަރު ދައްކަންޖެހެއެވެ. ކާށިދޫ ފަޅުގައި ރިސޯޓު ތަރައްގީކުރަން ހުޅުވާލި ބީލަމުގެ މުއްދަތު ޖޫން 5، ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ހަމަވާނެއެވެ. ކެލާ ފަޅުން ދެ ރިސޯޓު ތަރައްގީކުރަން ހުޅުވާލި މުއްދަތު ހަމަވާނީ އެ ދުވަހު 13:00 ގައެވެ. ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީކުރަން މިދިޔަ އެމްޑީޕީ ވެރިކަމުގައި ވެސް މަސައްކަތްކުރިއެވެ. އޭރު ވެސް އެ ތަނުގައި ރިސޯޓެއް ތަރައްގީކުރަން ބީލަމަށް ހުޅުވާލިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ