އިނގިރޭސިބަހުންކިޔަސް ކޮންމެ ބަހަކުން ކިޔަސް ﷲ ތަޢާލާއަށް ޚައްޞަވެގެންވާ ނަންފުޅެއްގެ ޙުރުމަތަކަށް އެއްވެސް ބަދަލެއް ނައުދެއެވެ. "ﷲ ތަޢާލާ"، "މާތް ﷲ." "އޯލްމައިޓީ ގޯޑް" މިފަދަ ކޮންމެ ނަންފުޅެއްވެސް ޚާއްޞަވެގެންވަނީ ޙަމައެކަނި ﷲ ތަޢާލާއަށެވެ.
ﷲ ތަޢާލާގެ ނަންފުޅަށް ފުރައްސާރަކުރަން އޮޑިއެއްވަރުގެ އުޅަނދެއްގައި އެއީ ﷲ ތަޢާލާ ކަމަށް ޖަހައިގެން އިންޑިއާއިން މުދައު ބަރުކޮށްގެން ރާއްޖެ އަންނަތާ ކިތަންމެ ދުވަހެކެވެ. އެތައް އަހަރެކެވެ. ކަސްޓަމަކުންވެސް އެމްޕީއެލަކުންވެސް ކަންބޮޑެއް ނުވެއެވެ. އުޅަނދުގެ ވެރިފަރާތް ފަދައިން ﷲ ތަޢާލާއަށް ފުރައްސާރަކުރުމުގައި ބައިވެރިވެ ބޯޓުން ގެންނަ މުދައު ހުސްކޮށްދީ ކަސްޓަމުން ނެރެދެނީއެވެ.
މިއީ ތިމާގެ ހިތުގައި ﷲ ތަޢާލާގެ މައްޗަށް ބިރުވެތިކަމުގެ ޛައްރެއްގެ މިންވަރުވެސް އޮތް ބައަކު ކުރާނެ ކަމެއް ނޫނެވެ.
މިމައްސަލަ މިހާރުވަނީ ގިނަބައެއްގެ ސަމާލުކަމަށް އައިސްފައެވެ. މިބާވަތުގެ ކަންކަމުގައި ޙައްޤުބަސްވިދާޅުވުމަށް އަބަދުވެސް ޘާބިތުވެ ހުންނަވާ ޝައިޚް އާދަމް ނިޝާންގެ މަސައްކަތްޕުޅުންނެވެ.
ޝައިޚްގެ ބަސްފުޅު:
"ކަމާބެހޭ ފަރާތްތަކުން މިކަން ޙައްލުކޮށްދެއްވާ! މިއީ އަޅާނުލާ ދޫކޮށްލާ ވަރަށްވުރެ މާބޮޑު މައްސަލައެއް.
އިންޑިއާއިން މުދާ ހިފައިގެން ރާއްޖެ އަންނަ މިބޯޓަށް، މިނަން ކިޔާހާ ހިނދަކު ރާއްޖެއަށް ވަނުމުގެ ހުއްދަދެވިގެން ނުވާނެ.
މިބޯޓަށް މިކިޔާ ނަމަކީ "Almighty God"
މާނައަކީ "ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހު"
އަޅުގަނޑުމެން މުސްލިމުންގެ ޙައިސިއްޔަތުން މިއީ ކަނޑައެޅިގެން ހުއްޓުވާ, ވަގުތުން ވަގުތަށް ފިޔަވަޅު އަޅަންޖެހޭ ކަމެއް.!"
ﷲ ތަޢާލާއަށް ފުރައްސާރަކުރާ ބޯޓު ރާއްޖެ އައިސް އެކަންކުރާތާ އެތައް އަހަރެއް! ކަސްޓަމާ އެމްޕީއެލްގެ ކޮންފަދަ ބޮޑު އިހްމާލެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ