ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމަށް ތުހުމަތުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަނެއްކާވެސް ހަމަލާއެއް ދޭން އުޅޭ ކަމަށް ޝައްކު ކުރެވޭ ކަމަށް ވިދާޅުވެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ އެކަން ފުލުހުންނަށް ހުށަހަޅައިފި އެވެ.އޭނާ މިފަދައިން މައްސަލަ ފުލުހަށް ހުށަހެޅުއްވީ ނަޝީދަށް ދައުލަތުން ދެމުންދާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހިނގާ ޚަރަދު ބޮޑުވެގެން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމު (އަނދުން)އާއި މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ދައްކަވަމުންދާ ވާހަކަފުޅުތަކާ ގުޅިގެންނެވެ.އިންތި ވިދާޅުވި ގޮތުގައި ނަޝީދަށް ދެމުން އަންނަ ސަލާމަތާއި ރައްކާތެރިކަން ދިނުން ހުއްޓައިލަންޖެހޭ މޭރުމަކުން ބާރުގަދަ ނުފޫޒުގަދަ ބޭފުޅުންތަކެއް ވާހަކަދައްކަވަމުން ދިއުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަކަށްވާތީ އެކަން ފުލުހަށް ހުށަހަޅުއްވަން ނިންމެވީ ކަމަށެވެ.އިންތި ފުލުހަށް ފޮނުއްވި ސިޓީގައި ނަޝީދަކީ ކުރިންވެސް ނުރައްކާތެރި ބޮމުގެ ހަމަލާއެއްގެ ޝިކާރައަކަށްވެވަޑައިގެންފައި ހުންނެވި ބޭފުޅެއްކަން ފާހަގަކުރައްވައި ވިދާޅުވެފައިވަނީ އެމަނިކުފާނަށް އެކަމުގައި އިންސާފު ލިބިވަޑައިގެންފައި ނެތްކަމަށާއި، އެ ހަމަލާގެ ކަންކަން މޮނީޓާކުރައްވަން ރައީސް ކަނޑައެޅުއްވި ޚާއްޞަ މަންދޫބު އައްބާސް ފާއިޒުވެސް އިންސާފަށް ވާސިލުނުވެވޭކަން ފާހަގަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށެވެ.އަދި އެ ނުރައްކާތެރި ހަމަލާ ނަޝީދަށް ދިނީ އެމަނިކުފާނަށް އޮތް ނުރައްކާ "ކްރިޓިކަލް" ދަރަޖައިގައި އޮއްވައިކަން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވައިލި އިންކުއިރީ ރިޕޯޓުން އެނގޭކަން ފާހަގަކުރައްވައި، އިންތި ވިދާޅުވެފައިވަނީ މިހާރުވެސް އެމަނިކުފާނަކީ މަޖިލީހުގެ ރައީސްގެ އިތުރުން ދައުލަތުގެ އެންމެ މަތީ ވެރިކަން ކުރައްވާފައިވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާއެއް ކަމެވެ."އަދި އެގޮތަށް ވާހަކަފުޅު އެ ދައްކަވަނީ އެމަނިކުފާނުގެ ސެކިއުރިޓީ ދަށްކުރެއްވުމުގެ ބޭނުންފުޅުގައި ކަމަށް ޤަބޫލުކުރެވެއެވެ. އަދި އެމަގުން މަސައްކަތް ކުރައްވައި، ސެކިއުރިޓީ ދަށްކުރުން އެބޭފުޅުންނަށް ކާމިޔާބު ވެއްޖެނަމަ، އެ މަނިކުފާނު އިތުރަށް ނުރައްކަލަށް ހުށަހެޅިގެންދާނެކަން އެބޭފުޅުންނަށް ޔަގީންވާތީކަމަށް ޤަބޫލުކުރެވެއެވެ." އިންތިގެ ސިޓީގައި ބުނެފައިވެއެވެ.އިއްޔަ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް މެންބަރު ޝަހީމް ވަނީ ރައީސް ނަޝީދުގެ ސެކިއުރިޓީއަށް ކުރާ ހަރަދުގެ ވާހަކަ ތަކުރާރު ކުރައްވާ، ބޮޑު ހަރަދެއް ކުރާ ވާހަކަ ދައްކަވާފައެވެ. އެކަމުގެ ސަބަބުން ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުންގެ ފާޑުކިޔުން ޝަހީމަށް އަމާޒުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ