ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިން އެމްޑީޕީއިން ވެސް ފަށައިފި

ބައި-އިލެކްޝަންގެ ކެމްޕެއިން އެމްޑީޕީއިން މިއަދު ފަށައިފައިވާއިރު، ކެމްޕެއިން ޓީމުގައި އެންމެ އިސްކޮށް ހުންނެވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. މީގެ އިތުރުން ދެން މި ޓީމުގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް ވެރިންނެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ ކުރިން އެދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދެވި އިބްރާހިމް ރިޒާ ކެންސަރު ބަލީގައި މިދިޔަ މަހުގެ 22 ގައި އަވަހާރަވުމާއި ގުޅިގެންނެވެ.
އަންނަ މަހުގެ 15 ގައި ބައި-އިލެކްޝަން ބާއްވަން ނިންމައި އިލެކްޝަނުން އެ ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން އެމްޑީޕީއިން ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވީ އެ ޕާޓީގެ މެންބަރު މުހައްމަދު ޝާޒް އެވެ.
ދެން މި ބައި-އިލެކްޝަނުގައި އެމްޑީޕީ އާއި ޕީޕީއެމް އަދި އެމްއެންޕީއިން ވާދަކުރަން ނިންމާފައިވާއިރު، ޕީޕީއެމްގެ ޓިކެޓު ލިބިވަޑައިގަތީ ރިޒާގެ ކޮއްކޮ، ހުސެއިން ރިޒާއަށެވެ. އެމްއެންޕީގެ ފަރާތުން ބައި-އިލެކްޝަންގައި ވާދަކުރައްވާނީ ކ. ގުރައިދޫ ސްކޫލުގެ ކުރީގެ ލީޑިން ޓީޗަރު އަލީ އަރީފްއެވެ.
ޕީޕީއެމް އިން ވަނީ މި އިންތިޚާބުގެ ކެމްޕެއިން މިދިޔަ ހަފްތާގައި ފަށައިފައެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ