މަނީ ލޯންޑަރިން އާއި ކޮރަޕްޝަންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް، މާފުށީ ޖަލުގައި ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ބައްދަލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުން އެ މަނިކުފާނާ ބައްދަލުކުރަން ބޭނުން ނުވާ ކަމަށް ޔާމީން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް އަންގައިފި އެވެ.
ވެރިކަން ހިންގުމުގެ ނިޒާމް ބަދަލު ކުރުމާ ގުޅޭ ވޯޓެއް މި މަހު 25 ގައި ނަގަން ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް އިން އެމްޑީޕީއާއި ޕީޕީއެމަށް ވަނީ ހުށަހަޅައިފަ އެވެ.
ނަޝީދު، ޔާމީނާ ބައްދަލުކުރައްވަން ބޭނުންފުޅުވީ އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ. އަދި މިއަދު މާފުށީ ޖަލަށް ވަޑައިގަތުމަށް، އެކަމާ ގުޅޭ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް ނަޝީދު އެދިވަޑައިގަތުމުން ރައްޔިތުންގެ މަޖިލީހުން ވަނީ ކަމާބެހޭ އިދާރާތަކަށް ސިޓީއެއް ފޮނުވައިފަ އެވެ.
ނަމަވެސް ކަރެކްޝަންސްގެ އޮފިޝަލަކު ވިދާޅުވީ ޔާމީން އާ ބައްދަލު ކުރައްވަން ނަޝީދުގެ ފަރާތުން އެދިފައިވީ ނަމަވެސް ނަޝީދާ ބައްދަލު ކުރަން ޔާމީން ބޭނުން ނުވާ ކަމަށް އެ މަނިކުފާނުގެ ފަރާތުން އަންގާފައިވާ ކަމަށެވެ. އެހެންވެ އެ ޖަވާބު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ.
ނަޝީދާ ބައްދަލުކުރަން ޔާމީން ބޭނުމެއް ނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ