އިންޑިޔާ ސިފައިން ރާއްޖޭގައި ތިބިތަން ނުފެންނަނީ ކެނޑިޑޭޓަކީ ހަމައެކަނި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ސަންގު ރިޔާސީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ކެނޑިޑޭޓުންނާ ކުރި ތިންވަނަ ސުވާލަކީ، ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ތިބުމަކީ ގައުމީ ސަލާމަތަށް ކިހާ ބޮޑު ނުރައްކަލެއް ހުރި ކަމެއްތޯ ކެނޑިޑޭޓުން ގަބޫލު ކުރައްވާ މިންވަރާމެދުގައެވެ.
އެ ސުވާލުގެ ޖަވާބުގައި އުމަރު ވިދާޅުވީ ރާއްޖޭގައި 200 އެއްހާ ބޭރުގެ ސިފައިން 3 ސަރަހައްދެއްގައި ތިބި ކަމަށެވެ. އަދި އިންޑިޔާ ސިފައިން ރާއްޖޭގައި ތިބޭތަން ނުފެންނަނީ ރައީސް ސޯލިހަށް އެކަނި ކަމަށެވެ.
ޔާމީނުގެ ވެރިކަމުގައި އިންޑިޔާ ސިފައިންގެ ވިސާ ކަނޑާލައި ދަތިކުރުމުންވެސް މި ސަރުކާރުން އިންޑިޔާ ސިފައިންގެ މުއްދަތު އިތުރުކޮށް އެމީހުންނަށް ތިބެވޭނެ ގޮތް ހެދީ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އިންޑިޔާ ސިފައިން ބާލާނީ އަތުގައި ހިފައިގެން މަތިންދާ ބޯޓަށް އަރުވައިގެން ކަމަށެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ޒަމީލް ވިދާޅުވީ،އިންޑިޔާ ސިފައިން ހަތިޔާރުހިފައިގެން ގެއްލުން ދޭން އުޅޭތަން ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ބަލިމީހުން ގޮވައިގެން ހެލިކޮޕްޓަރު ދުއްވަން ވެސް ޖެހޭ ކަމަށާއި ރާއްޖޭގެ ސިފައިން އެހެން ގައުމުތަކުގައިވެސް ތިބޭ ކަމަށެވެ. އެހެންކަމުން ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމަކީ މައްސަލައެއް އޮތް ކަމަކަށް ނުފެންނަ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ މިލިޓަރީ މަސައްކަތެއް ކުރަން ބޭރުގެ ސިފައިން ނުތިބޭނެ ކަމަށެވެ. އަދި ދޭދޭ ގައުމު ތަކުން ޓްރެއިނިންއާއި އެހެނިހެން ކަންކަމަށް އެކި ގައުމުތަކުގެ ސިފައިން އަންނަ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެއްވެސް ގައުމެއްގެ ސިފައިން ބޭސްވެ ރާއްޖޭގައި ނުތިބެވޭނެ ކަމަށެވެ. އަދި ބޭރު ސިފައިންނަށް ތިބެވިގެން ނުވާނެ ކަމަށެވެ. ފާރިސްވެސް ވިދާޅުވީ އެ ބަޔަކު ފައިބަން ބުނާނެ ކަމަށާއި އެތަން ތަންފީޒު ކުރާނެ ކަމަށެވެ.
އިލްޔާސް އާއި ގާސިމްވެސް ވިދާޅުވީ އެގޮތަށް އެކަން ވެގެން ނުވާނެ ކަމަށެވެ.
އޭގެ އިތުރުން ނާޒިމް ވިދާޅުވީ އިންޑިޔާ ސިފައިން ރާއްޖޭގައި އެބަތިބި ކަމަށާއި އެމީހުން ދާން ޖެހޭ ކަމަށެވެ. އިންޑިޔާ އައުޓް ޖަހައިގެން ސިފައިން ނުބޭލޭނެ ކަމަށާއި އިންޑިޔާ ސިފައިން ބާލާނެ ކަމަށެވެ.
Your email address will not be published. Required fields are marked *
ހިޔާލު * document.getElementById("comment").setAttribute( "id", "a7ada7897897093a0b990a65175310d7" );document.getElementById("bb7c1a6aaf").setAttribute( "id", "comment" );
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male’ Maldives© Copyright 2020, Dhuvas.mv, All Rights Reserved
އިންޑިޔާ ސިފައިން ނުފެންނަ ކެނޑިޑޭޓަކީ ރައީސް ސޯލިހު އެކަނި: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ