މިސަރުކާރު އައިފަހުން އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގެ ކޮންޓްރޯލް މުޅިން އެއްކޮށް ގެއްލިއްޖެ: އުމަރު ނަސީރު

މިސަރުކާރު އައިފަހުން ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ކޮންޓްރޯލް މުޅިން އެއްކޮށް ގެއްލިފައިވާ ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
"ސަންގު ޓީވީ" އިން އިންތިޒާމުކޮށްގެން މިރޭ ބާއްވަމުން އަންނަ ރިޔާސީ ބަހުޘް ގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ދިވެހިން އިންޑިއާއަށް ބަރޯސާވެ، އިންޑިއާ އަތުން ދަރަނި ނަގައި، އިންޑިއާ ފަސްޓް ޕޮލިސީގެ ދަށުން އެމީހުންގެ ސިފައިން މިތާ ބައިތިއްބައިފައިވާ ކަމަށެވެ.
މީގެ އިތުރުން އުމަރު ވިދާޅުވީ ދިވެހިންގެ އަތުން ކަނޑުގެ ބައެއް ގެއްލިގެން ދިޔައީ ވެސް އިންޑިއާގެ ޕްރެޝަރުގައި މިސަރުކާރުން އެތަން ދޫކޮށްލުމުން ކަމަށެވެ.
އަޅުގަނޑުމެން އިންޑިއާއަށް ބަރޯސާވެ، އިންޑިއާ އަތުން އަޅުގަނޑުމެން ދަރަނި ނަގައި، އިންޑިއާ ފަސްޓް ޕޮލިސީގެ ދަށުން އެމީހުންގެ ސިފައިން މިތާ ބައިތިއްބާ، އަޅުގަނޑުމެންގެ އަތުން ކަނޑުގެ ބައެއް ގެއްލިގެން އެދިޔައީ ވެސް އިންޑިއާގެ ޕްރެޝަރުގައި މިސަރުކާރުން ދޫކޮށްލައިގެން. އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ އިންޑިއާ ފަސްޓް ޕޮލިސީ ދޫކޮށްލަން. މިހާތަނަށް އަޅުގަނޑުމެން ގެންގުޅުނު އިންޑިއާ ފަސްޓް ޕޮލިސީގެ ދަށުން ދިވެހިންނަށް ލިބުނީ ކުރި އެރުމެއް ނޫން، ދިވެހިންނަށް އެހެން ގައުމުތަކާއި ޖެހުނީ އަޅުގަނޑުމެން.
އެހެންކަމުން އިންޑިއާ ފަސްޓް ޕޮލިސީ ދޫކޮށްލަން ރާއްޖެއަށް މަޖުބޫރުކަމަށް އުމަރުވިދާޅުވިއެވެ. މިހާތަނަށް ރާޢްޖެ ގެންގުޅުނު އިންޑިއާ ފަސްޓް ޕޮލިސީގެ ދަށުން ދިވެހިންނަށް ލިބުނީ ކުރި އެރުމެއް ނޫން ކަމަށާއި އޭގެސަބަބުން ދިވެހިރާއްޖެއާއި އެހެން ގައުމުތަކާއި ޖެހުނުކަމަށް އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ