“ނާޗަރަންގީ ޖަގަހަ”ގެ ނަމުގައި ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖުލީހުން ބަލައިގެންފި ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އައްޑޫ ބޭފުޅަކު އައްޔަނު ކޮށްފި މަގުބޫލު ލިޔުންތައް މުއިއްޒު ވެރިކަމާ ކައިރިކުރަން ހެޔޮނުވާނެ، އެއީ މަވެތި، ބޮޑާ،

ރައްޔިތުންގެ މަޖިލިސް ކުރިއަށް ނުގެންދެވެނީ، ޖަލްސާތައް ހުއްޓުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙްގެ ވެސް ބައިވެރިވެވަޑައިގަތުމާ އެކުގައި ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު 9:00 ގައި ޖަލްސާ ފަށަން ރިޔާސަތުން މަސައްކަތްކުރެއްވި ނަމަވެސް، ތަޅުމުގައި ހާޒިރުވެވަޑައިގެން ތިއްބެވީ 17 މެމްބަރެކެވެ. މަޖިލީހުގެ ގަވައިދު ބުނާގޮތުން ނަމަ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދިޔުމަށް 22 މެންބަރުން މަޖިލީހުގެ ތަޅުމަށް ހާޒިރުވާންޖެހެއެވެ.
މަޖިލިހުގެ ރިޔާސަތުން ވިދާޅުވީ ހޯމަ ދުވަހެކޭ އެއްފަދައިން މިއަދުގެ ޖަލްސާއަށް ވެސް، އިތުރު މެމްބަރުން މަޖިލީހަށް ވަޑައިގެންނެވި ނަމަވެސް ތަޅުމަށް ހާޒިރުވެވަޑައިނުގެން އެ މެމްބަރުން ތިއްބެވީ މަޖިލީހުގެ ގޯތިތެރޭގައި ކަމަށެވެ.
“އަޅުގަނޑު ވަަރަށް ބޮޑަށް އެދެން، އިއްޒަތްތެރި މެންބަރުންނަށް މަޖިލީހުގެ އެތެރެއަށް ވަދެ ވަޑައިގަތުމަށް. އަދި ގޮނޑިކޮޅުތަކުގައި އިށީންދެ ވަޑައިގަތުމަށް” ރިޔާސަތުން ވިދާޅުވެއެވެ.
މަޖިލިހުގެ ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ހުއްޓުވާފައި ބަހައްޓަމުން ގެންދަވަނީ ރައީސް ޞާލިޙްގެ ބައިވެރިވެވަޑައިގަތުމާ އެކުގައި ކަމަށާއި، ދިވެހި ދައުލަތުގެ ބާރުތައް އަމިއްލަފުޅަށް ކޮންޓްރޯލް ކުރެއްވުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި ދައުލަތް ހުއްޓުވާލުމަށް ކުރައްވާ މަސައްކަތްޕުޅުތައް ހުއްޓަވާލެއްވުމަށް ރައީސް ޞާލިޙަށް އިލްތިމާސްކުރައްވާ ކަމަށެވެ.
“އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަން، ދިވެހި ދައުލަތުގެ ބާރުތައް މަނިކުފާނު އަތްޕުޅު މައްްޗަށް ނަންގަވާ، ދިވެހި ދައުލަތް ހުއްޓުވާލައްވަން ތިކުރައްވާ މަސައްކަތްތައް ހުއްޓުވުމަށް، އަދި އަޅުގަނޑުގެ މަސައްކަތް އަޅުގަނޑު ނުހުއްޓުވާނެ ކަމަށް މަނިކުފާނަށް ވަރަށް ސާފްކޮށް ދަންނަވަން.”
ނަޝީދު ވިދާޅުވީ ދައުލަތް ހިންގުމުގެ ތިން ބާރުގެ ތެރެއިން އެއް ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްޕުޅުތައް ނުހުއްޓަވާނެކަމުގެ ޔަގީންކަން ރައީސް ޞާލިޙަށާއި ދިވެހި ރައްޔިތުންނަށް ދެއްވަވާ ކަމަށެވެ.
މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި ދެތިން މަސް ވެފައިވެ މަޖިލިސް ހުއްޓުމަކަށް އައިސްފައިވާއިރު، ފުނިޖެހިފައި އެތައް މަސައްކަތްތަކެއް އެބަހުއްޓެވެ. މި ޖަލްސާއަށް ވެސް މުހިންމު މައްސަލަތަކެއް އެޖެންޑާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ