މިއަދު މިފެނުނު މަންޒުން ފިލާވަޅެއްލިބެން ޖެހޭ ކަމަށާއި މިއީ ނައިބު ރައީސް ކަމަށް އަންނަ ބޭފުޅުން ހައިސިއްޔަތަކީ ކޮބައިކަން ނޭނގުމުން ދިމާވާ ކަންކަން ކަމަށާއި ނިޒާމުގެ މައްސަލައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާނޫނު އަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ ރައީސް، ގާސިމް ވިދާޅުވީ ޑރ. މުހައްމަދު ޖަމީލު އަހުމަދު މަގާމުން ވަކި ކުރި މައްސަލައިން ފިލާވަޅު ހޯދަން ޖެހޭނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ގާނޫނު އަސާސީގައިގައި ސާފުކޮށް ބުނެދީފައިވާ ކަމަށެވެ.
ގާސިމް ވިދާޅުވީ ނައިބު ރައީސަކަށް ވަޑައިގަންނަވާ ބޭފުޅަކަށް އެ ބޭފުޅެއްގެ އޭނާގެ މަގާމަކީ ނުވަތަ ހައިސިއްޔަތަކީ ކޮބައިކަން ނޭނގިގެން ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅަކާ ދޭތެރޭ ތަފާތުކޮށް ވިސްނުން ތަކެއް ގެންގުޅެވޭނެނަމަ އެކަން ރަނގަޅު ކުރުމުން މައްސަލަ ހައްލުވީ ކަމަށާއި މިއީ ނިޒާމުގެ މައްސަލައެއް ނޫން ކަމަށެވެ.
"އެމެރިކާގައި ވެސް ނައިބު ރައީސަކު ހުރޭ އެކަމަކު މިގޮތަށް ކަންތައް ވެގެނެއް ނުދޭ. އަދި އެ ނައިބުރައީސް މިގޮތަް ތަފަތު ވިސްނުންތަކެއް ނުގެންގުޅޭ. އެކަން ރާއްޖޭގައި ރަނގަޅު ކޮށްލީމާ އެ އޮތީ ރަނގަޅަށް. ރާއްޖޭގައި ދެ ނައިބަކަށް މިހެން ދިމާވެއްޖެ. އެއީ ޑރ. ވަހީދާއި ޑރ. ޖަމީލު،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެފަދަ ބޭފުޅުން މަގާމުން ވަކި ކުރުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު ގާނޫނު އަސާސީ އިން ރައްޔިތުންގެ މަޖިލީހަށް ލިބޭ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށާއި އެކަމާ ދެރަވެ، އުފާ ކުރަން ވެސް ނުޖެހޭ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީނުގެ ނައިބު ރައީސް ކަމުގައި ހުންނެވި ޖަމީލް މިއަދު މަގާމުން ދުރު ކުރީ މަޖިލީހުގެ 78 މެމްބަރުންގެ ވޯޓުން ނެވެ.
ނިޒާމުގެ މައްސަލައެއް ނެތް، މައްސަލަ ޖެހެނީ ރައީސްގެ ނައިބު ކަމަށް އަންނަ ބޭފުޅުން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ