ލޫތު ނިޔާވުން: ރައީސްގެ ތައުޒިޔާ، ނުތަނަވަސްކަން ގެނުވި ހިތްދަތި ހަބަރެއް

ރޭ ހިނގި ހާދިސާއެއްގައި އދ. މާމިގިލި, ރޯޅި ލޫޠު ބިން އަހްމަދު ނިޔާވުމާއި ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ލޫތު ނިޔާވީ އެކުވެރީންތަކަކާ އެކު ފީނަށް ގޮސް އުޅެނިކޮށެވެ. ލޫތު ގެއްލުނީ އިއްޔެ މެންދުރު އެވެ. ކޯސްޓްގާޑުން ހޯދަމުން ދަނިކޮށް ފެނުނީ ރޭގެ ވަގުތެއްގަ އެވެ. އޭރު ލޫތު ވަނީ ނިޔާވެފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މޫދަށް ގޮސް އުޅެނިކޮށް އުމުރުން 15 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވުމަކީ، ހިތާމަވެރި، ނުތަނަވަސް އިހްސާސްތަކެއް ކުރުވި ހިތްދަތި ހަބަރެއް ކަަމަށެވެ.
"..އދ. މާމިގިލީގައި ރޭ ހިނގި މި ހިތާމަވެރި ހާދިސާގައި ނިޔާވި ލޫޠު ބިން އަޙްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރު ކުރައްވާށި. އެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި," ރައީސްގެ ޕޯސްޓްގައި ލިޔުއްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ