ލޯޔަރު ވައްޑެ މެންބަރުކަމަށް ގެންނަން ދާއިރާގެ ގިނަ ރައްޔިތުން ބޭނުންވޭ!

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް ޕީއެންސީން ތުލުސްދޫ ދާއިރާއަށް ވާދަކުރައްވާ މަޝްހޫރު ގާނޫނީ ވަކީލު އަލް އުސްތާޒް މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އެ ދާއިރާގެ މެންބަރު ކަމަށް ގެންނަން ދާއިރާގެ ގިނަ ރައްޔިތުން ބޭނުންވާކަން ދާއިރާގެ އާންމު ބައެއް މެންބަރުން ހާމަކޮށްފިއެވެ.
”ބޮންތި“ ނޫހަށް މައުލޫމާތު ދިން އެ ދާއިރާގެ ވޯޓު ލެވޭ އާންމު ގިނަ ރައްޔިތުންގެ ވިސްނުން ހުރީ ލޯޔަރު ވައްޑެ ދާއިރާގެ މެންބަރުކަމަށް ގެންނާށެވެ.
ކުރިންވެސް އެދާއިރާގެ މެންބަރުކަން ކުރެއްވި ލޯޔަރު ވައްޑެ މިފަހަރު މެންބަރު ކަމަށް ގެނައުމަށް ބޭނުންވާ ސަބަބުތަކުގެ ތެރޭގައި މައުލޫމާތު ދިން އާންމުން ބުނަނީ ދާއިރާގެ ރަށްތަކުގައި ހިންގުނު ތަރައްގީގެ މަޝްރޫއުތަކަކީ ވައްޑެގެ މެންބަރުކަމުގައި ބަޖެޓު ކޮށްގެން ހިންގުނު މަޝްރޫއުތައް ކަމުގައެވެ.
ވައްޑެގެ މެންބަރުކަމުގައި ތުލުސްދޫ ދާއިރާގައި ސަރުކާރުން ހިންގި ހުރިހާ މަޝްރޫއެއްގައިވެސް ވަނީ އަމަލީގޮތުން ހަރަކާތްތެރިވެވަޑައިގެންފައެވެ. ހާއްސަކޮށް ސަރުކާރުގެ ބަޖެޓުގެ ތެރެއަށް އެދާއިރާގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސެވުމެވެ އެންމެ އިސް ދައުރެއް އަދާ ކުރެއްވީވެސް ވައްޑެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ