ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސި މީހަކު ހައްޔަރުކޮށްފި

ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ސައިކަލެއްގައި ދުއްވާފައި ގޮސް ފުލުހެއްގެ ގައިގައި ޖެއްސި މީހަކު ހައްޔަރުކޮށްފި އެވެ.މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ބަހާރުވިލާ، ޔޫނުސް ޚަލީލް އަބްދުﷲ (18 އ) އެވެ.ފުލުހުން ބުނި ގޮތުގައި ޓްރެފިކް ޕޮއިންޓަކުން ސައިކަލެއް ހުއްޓުވަން އުޅުމުން މަޑު ނުކޮށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ދިޔަ ކަމަށެވެ. އެކަން ހިނގީ މިރޭ 20:20 ހާއިރު، ހުޅުމާލޭ، ޖަވާހިރުމާ ހިނގުމުގައި ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓްގަ އެވެ.އެގޮތަށް ބާރަށް ސައިކަލްގައި ގޮސް ފުލުހެއްގެ ގައިގައި ޖައްސާފައިވާ ކަމަށް ވެސް ބުންޏެވެ. އެ ފުލުސް މީހާއަށް ވަނީ އަނިޔާވެފަ އެވެ.ޔޫނުސްގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ