މެޑްރިޑް (އޮގަސްޓް 28) - މި ފަަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވި އިނގިރޭސި ފުލްބެކް، ޓްރެންޓް އަލެކްސަންޑަ އާނޯލްޑަށް ރެއާލް ޓީމުގައި ޖާގަ ހޯދުމުގައި ޗެލެންޖް ބޮޑުވެއްޖެ އެވެ.
ހިލޭ ޓްރާންްސްފާއެއްގައި ރެއާލަށް ބަދަލުވާން އާނޯލްޑް، 26، އަށް ފުރުސަތު އޮއްވައި، ކޮންޓްރެކްޓް ހަމަވުމުގެ ކުރިން ކްލަބް ވޯލްްޑް ކަޕްގައި އޭނާ ލައްވައި ކުޅުވަން ބޭނުންވާތީ، ރެއާލުން ވަނީ 13 މިލިއަން ޑޮލަރު ދީފައި އެ ޓްރާންސްފާ އަވަސްކޮށްފަ އެވެ. ކްލަބް ވޯލްޑް ކަޕްގައި ރެއާލުން ކުޅުނު މެޗުތަކުގައި، އާނޯލްޑް ވަނީ ކުޅެފަ އެވެ.
އޭގެ އިތުރުން، ސްޕެނިޝް ލީގުގެ ފުރަތަމަ މެޗުގައި، އޮސަސޫނާ އަތުން ރެއާލް މޮޅުވި މެޗުގައި، އާނޯލްޑް ވަނީ ފުރަތަަމަ އެގާރައިގައި ކުޅެފަ އެވެ. އެކަމަކު އެ މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކޭތީ، 68 ވަނަ މިނިޓްގައި ޒަބީ އަލޮންސޯ ވަނީ އާނޯލްޑް ބަދަލުކޮށްފަ އެވެ. އަދި، ޖެހިގެން އައި މެޗުގައި އާނޯލްޑް ބެންޗުން ފަށަން ޖެހުނުއިރު، ރެއާލުގެ އެ މަގާމަށް ކުޅުނީ، ޑަނީ ކާވަހާލް އެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އާނޯލްޑްގެ ޑިފެންސިވް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރަން ޖެހޭތީވެ، އަލޮންސޯ ވަނީ ފުރަތަމަ އެގާރައިން ކާވަހާލް އަށް ކުރިއަށް ހުރި މެޗުތަކުގައި ވެސް ފުރުސަތު ދޭން ނިންމައިފަ އެވެ.
އޮވިއޭޑޯ އަތުން މޮޅުވި މެޗަށް ފަހު، އަލޮންސޯ ބުނީ، ކޮންމެ މެޗަކަށް ކުޅޭނެ ކުޅުންތެރިން ކަނޑައަޅަނީ ވަކި ކަންކަމަށް ބަލައި، އެ މެޗަކަށް ފޯކަސްކޮށްގެން ކަމަށެވެ.
އާނޯލްޑަށް ރެއާލްގައި ފަސޭހައެއް ނުވި އާނޯލްޑަށް ރެއާލްގައި ފަސޭހައެއް ނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ