ވިޔަފާރި އާއި އިގްތިސޯދުގެ ދާއިރާއިން ގައުމީ އިނާމު އުރީދޫއަށް
ވިޔަފާރި އާއި އިގްތިސާދީ ދާއިރާއިން ވިޔަފާރި ފުޅާކޮށް ތަރައްގީކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެ އެވެ.ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ. އުތީމުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެރުއްވި އިނާމާ ހަވާލުވެވަޑައިގަތީ އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ޙަމާދީއެވެ.މި ކާމިޔާބީއާ މެދު އަލް ޙަމާދީ ވިދާޅުވީ, މިފަދަ ތާރީޚީ މުނާސަބަތެއްގައި އުރީދޫއަށް ގައުމީ އިނާމު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށާއި، މިކަމުން ދައްކުވައިދެނީ މުވައްޒަފުންގެ އަޒުމާއި، ކަސްޓަމަރުންގެ އިތުބާރާއި، ދިވެހި ރައްޔިތުންނަށް މަންފާ އާއި ލާބައަށް އުރީދޫން ދެމުންދާ އަހައްމިއްޔަތުކަން ކަމަށެވެ.އުރީދޫ މޯލްޑިވްސްއަކީ 2005 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މުއާސަލާތީ ދާއިރާއަށް އީޖާދީ ބަދަލުތަކެއް ގެންނަމުންދާ ކުންފުންޏެކެވެ.ވަތަނިއްޔާގެ ނަމުގައި އުފެދުނު އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން އެއް ވިއުގައަކުން ގުޅާލައި އެންމެ ޒަމާނީ ފެންވަރުގައި މުއާސަލާތީ ހިދުމަތް ދިނުމެވެ.ފާއިތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި އުރީދޫއިން ވަނީ ހަމައެކަނި މޯބައިލް ހިދުމަތް ދޭ ކުންފުންޏެއްގެ ބަދަލުގައި، ޑިޖިޓަލް ހިދުމަތްދޭ ފުރިހަމަ ކުންފުންޏެއް ގޮތުގައި ހިދުމަތް ފުޅާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތަކާއި ވިޔަފާރިތަކާއި އަމިއްލަ ފަރުދުން ގުޅުވާލަދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ