10 އަހަރަށް ފަހު ޓޮޓެންހަމް ދޫކޮށް ސޮންގެ މިސްރާބު އެމްއެލްއެސަށް 10 އަހަރަށް ފަހު ޓޮޓެންހަމް ދޫކޮށް ސޮންގެ މިސްރާބު އެމްއެލްއެސަށް

ލަންޑަން (އޮގަސްޓް 3) - ދިހަ އަހަރަށް ދަހު ޓޮޓެންހަމް ހޮޓްސްޕާސް ދޫކޮށްލަން ނިންމާފައިވާ ދެކުނު ކޮރެއާގެ ފޯވާޑް، ސޮން ހެއުން މިން ދެން ގުޅޭނީ އެމެރިކާ ލީގުގެ މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ ކްލަބަކަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 33 އަހަރުގެ ސޮން، ޓޮޓެންހަމާ އެކު އޮތް ކޮންޓްރެކްޓް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ކަމުގައި ވިޔަސް، އޭނާ ވަނީ އެ ކްލަބް ދޫކޮށްލަން މެނޭޖްމަންޓާ އެކު އެއްބަސްވުމަކަށް އަތުވެފަ އެވެ. އެ ގޮތުން، ޓޮޓެންހަމް އަށް 454 މެޗުން 173 ގޯލު ޖަހައިދިން ސޮންގެ އެދުމާ އެއްގޮތަށް އޭނާ އަށް އެ ފުރުސަތު ދޭން އެ ކްލަބުން ވެސް ތައްޔާރެވެ.
ލެވަކޫސަން ދޫކޮށް، 2015 ވަނަ އަހަރު، ސޮން ޓޮޓެންހަމަށް ބަދަލުވީ، 30 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ.
ޓޮޓެންހަމް އިން 17 އަހަރުގެ ތެރޭގައި ހޯދި ފުރަތަމަ ތަށި، މިދިިޔަ ސީޒަނުގެ ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދީ ސޮންގެ ކެޕްޓަންކަމުގަ އެވެ. އެ ޓީމުގެ ކެޕްޓަންކަން ސޮން އަށް ދިނީ މީގެ އަހަރެއްހާ ދުވަސް ކުރިން، 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގަ އެވެ.
ސޮން ދެކޭގޮތުގައި، އެ ކާމިޔާބީ ހޯދުމަކީ، ޓޮޓެންހަމަށް ބޮޑު ހިތްހަމަޖެހުމެއް ހޯދައިދެވުނު ކަމެއް ކަމަށާއި، މިހާރު ދެން އޮތީ އޭނާގެ އަމިއްލަ ޓާގެޓްތަކަށް ފޯކަސް ކުރުން ކަމަށެވެ.
ކޭންގެ ސޮއި ހޯދަން އެމްއެލްއެސްގެ ލޮސް އެންޖެލްސް އެފްސީން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އަދި، އަންނަ އަހަރުގެ ވޯލްޑް ކަޕް އެމެރިކާގައި އޮތުމުން، އެ މާހައުލަށް ހޭނުމުގެ ގޮތުން، ސޮން، ބޭނުންވަނީ، އެމެރިކާ ޓީމަކަށް ބަދަލުވާން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެލްއޭ އިން ސޮން ގަންނަން 18 މިލިއަން ޑޮލަރުގެ ބިޑެއް ކުރަން ތައްޔާރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ