2018 ވަނަ އަހަރު އެބޯޝަންގެ ސަބަބުން މަރުވި ކުދިންގެ އަދަދު 41 މިލިއަނަށް

ހުސްވި އަހަރު ދުނިޔެއިން އެންމެ ގިނަ މީހުން މަރުވާނެ ސަބަބެއްކަމުގައި ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބީ ކެންސަރާއި އެއިޑްސް ބަލިންނެވެ. އެއީ އެ ދެބަލީގެ ވޭން ތަހައްމަލު ކުރަން ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އައުމެވެ.
ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އާންމުކޮށްފައިވާ 2018 ވަނަ  އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރު އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އެބޯޝަންގެ ސަބަބުންނެވެ.
އެގޮތުން އެބޯޝަންގެ ސަބަބުން 41 މިލިއަން ކުދިން މަރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި، ވޯލްޑް ބޭންކާއި ޔުނައިޓެޑް ނޭޝަންސް (އދ) އިން 2018 ވަނަ އަހަރު ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ރިއާއަތްކޮށް "ވޯލްޑްރޯމީޓްރެސް" އިން އާންމުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން 2018 ވަނަ އަހަރު  ކެންސަރުގެ ސަބަބުން މަރުވެފައިވަނީ 1.8 މިލިއަން މީހުންނެވެ. އަދި މަސްތުވާތަކެތީގެ ސަބަބުން ޖެހޭ އެކި އެކި ބަލިތަކުގެ ޝިކާރައަކަށްވެ 5 މިލިއަން މީހުން 2018 ވަނަ އަހަރު މަރުވި އިރު އެއިޑްސްގެ ޝިކާރައަކަށްވެ 1.7 މިލިއަން މީހުން މަރުވެފައިވެއެވެ.
2018 ވަނަ އަހަރު އެބޯޝަންގެ ސަބަބުން އެންމެ ގިނަ ބަޔަކު މަރުވިއިރު ކަމާބެހޭ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި 2025 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔެއިން އެންމެ ގިނަ މީހުން މަރުވާނެ ސަބަބަކީ ޑިޕްރެޝަން ނުވަތަ ދެރައާއި ހިތާމައިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ