ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މިއަދު މޫސުން ގޯސްވެ ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޫސުން ގޯސްވެފައިވާތީ ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭކަން އަންގައިދިނުމަށްޓަކައި މެޓް އޮފީހުން މިހާރު ވަނީ ހުދު ސަމާލުވެސް ނެރެފައެވެ.
މެޓް އޮފީހުން ބުނީ އެލާޓްގެ ވަގުތުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ގަޑިއަކު 19 އާއި 24 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. މޫސުން އެންމެ ގޯސްވާ ވަގުތު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުމާ އެކު ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާތީ މޫސުމަށް ބަލައިގެން ފިޔަވަޅުތައް އެޅުމަށާއ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
ސަމާލުވޭ، ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ