ޑރ. ޒާކިރު ނައިކަށް ބަދަލުގެ ގޮތުގައި ކޯޓުން ދިން 1.52 މިލިއަން ރިންގިޓް ފަލަސްޠީނަށް ހަދިޔާ ކުރައްވަނީ!

ޑރ. ޒާކިރު ނައިކަށް ޢަބުރުގެ ދަޢުވާއަށް ބަދަލުގެ ގޮތުގައި ކޯޓުން ދިން 1.52 މިލިއަން ރިންގިޓް (32،2000 ޑޮލަރު) ފަލަސްޠީނަށް ހަދިޔާ ކުރައްވަން ނިންމަވައިފިއެވެ. 
ޑރ. ޒާކިރް ނައިކް ވިދާޅުވީ މަސްޖިދުލްއަގްޞާ ޙިމާޔަތްކުރަން މަސައްކަތްކުރުމަކީ ހުރިހާ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ. އެކަމަށް ފަލަސްޠީނުން ކުރަމުން ގެންދާ ޖިހާދަކީ ހުރިހާ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ޖިހާދެއް ކަމަށެވެ. 
ޑރ. ޒާކިރް ނައިކް ވަނީ ޖިހާދުކުރަމުންގެންދާ މުޖާހިދުންނަށް ނަޞްރު ދެއްވެވުން އެދިވަޑައިގެންނާއި ޝަހީދުވަމުންދާ އެންމެންގެ ފުރާނައަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދިވަޑައިގެން ދުޢާކުރައްވައިފައެވެ. 
ގުޅުން ހުރި ލިޔުމެއް: 
https://www.siasat.com/zakir-naik-wins-320000-in-defamation-suit-donates-it-to-palestine-2795801/
pic.twitter.com/oaQLRGJXNx
— Dr Zakir Naik (@drzakiranaik) November 4, 2023
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ