ބޮމުގެ ހަމަލާގެ ޝަރީއަތް އަވަސްކުރަން ހާއްސަ އިސްކަމެއް ނުދެވޭނެ: ގާޒީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ޝަރީއަތް އަވަސް ކުރަން ވަކި ހާއްސަ ކަމެއް ނުދެވޭނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބު ވިދާޅުވެއްޖެ އެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ގޮއްވާލި ބޮމުގެ މައްސަލާގައި މިހާރު ޝަރީއަތް ކުރިއަށް ދަނީ ޓެރަރިޒަމްގެ އެކި ދައުވާ އުފުލިފައިވާ ތަހުމީން އަހުމަދާއި، މުޖާޒް އަހްމަދާއި، އަލީ ހައިޝަމާއި، މުހައްމަދު ނާޒިމާއި، އިސްހާގައި، ފަހުމީ އަލީގެ ބައެވެ.
ކްރިމިނަލް ކޯޓުގެ ބޮޑު ބައެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެގެން، ބަންދުކޮށްފައިވާތީ,
މިއަދުގެ އަޑުއެހުމުގައި ގާޒީ ސޮފްއަތު ހަބީބު ވިދާޅުވީ އޭނާ ބައްލަވާ އެތައް މައްސަލައެއް ލަސްވެ ދިގުދެމިގެންދާ އިރު ބޮމުގެ ހަމަލާގެ ޝަރީއަތް ހާއްސަކޮށްގެން އަވަސްކުރަން އެއްވެސް މަސައްކަތެއް ކުރެވެން ނެތް ކަމަށެވެ.
"އެހެން މައްސަލަތައް ވެސް ވަރަށް ބޮޑަށް ލަސްވެފައި މި ވަނީ، މި މައްސަލަ ހާއްސަކޮށް އަވަސް ކުރުމަށް މަސައްކަތް ނުކުރާނަން،" ގާޒީ ސޮފްއަތު ވިދާޅުވި އެވެ.
ގާޒީ އެގޮތަށް ވިދާޅުވެފައި ވާއިރު އެ މައްސަލައިގެ ތަހުގީގާއި ޝަރީއަތް މޮނިޓަ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަނު ކުރެއްވި މަންދޫބު އައްބާސް ފާއިޒް ޝަރީއަތް ލަސްވާތީ ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ