މާލެ އަތޮޅު ގުޅީގެ އިދާރީ ދާއިރާގެ އިޚުތިޞާޞަށް ބަދަލު ގެނެސްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިއަދު ނެރުއްވި ގަރާރެއްގައި ވިދާޅުވެފައިވަނީ 18 މާޗު 2020 ގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން އެކަށައަޅާފައިވާ ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ އިޚުތިޞާޞް ކަނޑައަޅާފައިވާ ގޮތަށް ބަދަލުގެންނަން ޖެހިއްޖެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ އިދާރީ ދާއިރާތަކުގައި މާލެ އަތޮޅު ގުޅީގެ އިދާރީ ދާއިރާގެ އިޚުތިޞާޞަށް ބަދަލު ގެނެސް އެ ދާއިރާގެ އިޚުތިޞާޞް ކަނޑައަޅުއްވާފައިވާ ކަމަށް ރައީސް ސޮއިކުރައްވައި ނެރުއްވި ގަރާރުގައިވެއެވެ.
"ރާއްޖޭގެ އިދާރީ ދާއިރާތަކުގެ މާލެ އަތޮޅު ގުޅީގެ އިދާރީ ދާއިރާގެ އިހްތިސޯސަށް ބަދަލު ގެނެސް މި ގަރާރުއާއިއެކު ހިމަނާފައިވާ ޗާޓުގައިވާ ގޮތަށް މާލެ އަތޮޅު ގުޅީގެ އިދާރީ ދާއިރާގެ އިހްތިސޯސް ކަނޑައަޅައި މި ގަރާރުގެ އެކަށައެޅީމެވެ." ރައީސް ވިދާޅުވެފައިވެއެވެ.
ރައީސްގެ ގަރާރާއެކު ވަނީ ގުޅީގެ އިދާރީ ދާއިރާގެ އިޚުތިޞާޞް ކަނޑައެޅިފައިވާ ގޮތުގެ ޗާޓެއް އެއް ހީރަސްކޮށްފައެވެ.
ގުޅީގެ އިދާރީ ދާއިރާގެ އިޚުތިޞާޞަށް ބަދަލު ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ