ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ދުވަހުގެ ތެރޭ ބަދަލުގެ ގޮތުގައި 101 މިލިއަން ދީފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ ހަފުތާ ތެރޭ ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ދީފައިވާކަން ހާމަވެއްޖެ އެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ބަދަލު ދިނުމަށް ކަނޑައަޅާފައި ވަނީ 101 މިލިއަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓްރިގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހުސްވި ނޮވެމްބަރު މަހުގެ ނިޔަލަށް ބަދަލުގެ ގޮތުގައި ވަނީ 438 މިލިއަން ދޫކޮށްފަ އެވެ.
ނަމަވެސް ނޮވެމްބަރު 17 އިން އެ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރު 101.7 މިލިއަން ދޫކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. ބަދަލު ދީފައިވަނީ ކޮން ބަޔަކަށް ކަމެއް ތަފާސް ހިސާބަކުން ނޭނގޭނެ އެވެ.
އެއާއެކު މި އަހަރުގެ ތެރޭގައި ބަދަލުގެ ގޮތުގައި ދޫކުރި އަދަދު ވަނީ 539.8 މިލިއަން ރުފިޔާއަށް އަރައިފަ އެވެ. އެއީ މި އަހަރުގެ ބަޖެޓުގައި ބަދަލު ދިނުމަށް ކަނޑައެޅި 101 މިލިއަން ރުފިޔާއަށްވުރެ 438 މިލިއަންގެ އިތުރުވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ