ރައީސް ޔާމީން މިއަދު ހަވީރު ނައިފަރަށް ވަޑައިގަންނަވާނެ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މިއަދު ޅ.ނައިފަރަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސްގެ ދެކަނބަލުން ނައިފަރަށް ވަޑައިގަންނަވާނީ މިއަދު ހަވީރުގެ ވަގުތެއްގައި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ޔާމީން ނައިފަރަށް ކުރައްވާ މި ދަތުރުފުޅަކީ އެރަށުގެ ރައްޔިތުން އެމަނިކުފާނަށް އެރުއްވި ދައުވަތަކާއި ގުޅިގެން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އެގޮތުން ނައިފަރުގެ ރައްޔިތުން އިންތިޒާމްކުރާ ހަފްލާއެއްގައި ރައީސްގެ ދެކަނބަލުން މިރޭ ބައިވެރިވެޑައިގަންނަވާނެ ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.
ނައިފަރަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ޔާމީން މާދަމާ މާލެ ވަޑައިގަންނަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ