ސްޓެލްކޯގެ ޖަނަރޭޓަރަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގައި ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިސަރު އިބްރާހިމް ރައޫފް ވިދާޅުވީ ސްޓެލްކޯގެ ޖަނެރޭޓަރަކަށް ދިމާވި މައްސަލައެއްގައި ބައެއް ސަރަހައްދުތަކުން ކަރަންޓް ގޮސްފައިވާ ކަަަމަށާއި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް ބައިގަޑިއިރެއްހާއިރު ތެރޭގައި ކަރަންޓް ދޭން ފަށާނެ ކަމަށެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެމްޑަންލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއަކާއި ގުޅިގެން ރައްޔިތުން ފެނުގެ ދަތިކަމުގައި އުޅެމުންދާ ވަގުތެއްގަ އެވެ.
ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ