ކުޑަކަމުދާ ތަކެތި ނުދީގެން ޖާބިރު ޖަލަށްލުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުޑަކަމުދާ ތަކެތި ނުދީގެން އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ޖާބިރުގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ތައްޔާރުމިވަނީ ޖާބިރު ކުޑަކަމުދާ ތަކެތި ނުދީގެން އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައިވަނިކޮށެވެ.
ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ކާށިދޫ ދާއިރާ އަށް ވާދަކުރައްވައި ނާކާމިޔާބުވެ ވަޑައިގެންފައިވާ ޖާބިރު އެއް އަހަރަށް ޖަލަށްލުމަށް ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ޖާބިރުގެ އާއިލާގެ ފަރާތުން ވަކީލަކާ ހަވާލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ޖާބިރުގެ އެއް އަހަރު ދުވަހުގެ ޖަލު ހުކުމުގެ އިތުރުން އޭނާގެ މައްޗަށް އިތުރު ދެ ދައުވާއެއް ކުރާނެ އެވެ. އެއީ ބަނގުރާ ގެންގުޅުމުގެ އިތުރު ދައުވާއަކާއި ކުޑަ ކަމުދާތަކެތި ދޭން އެންގުމުން އެ ނުދިން މައްސަލައިގައި ކުރާ ދައުވާއެކެވެ. ޖާބިރުގެ މައްޗަށް ކުރި ކެނަބިހުން މުއާމަލާތް ކުރުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ