ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 103 މީހުން!

ދިވެހިރާއްޖެއިން 103 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 103 މީހަކު ވަނީ އަލަށް ޕޮޒިޓިވްވެފައެވެ.
މީގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 35 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 56 މީހަކާއި އޮޕަރޭޝަނުގައި އޮތް ރިސޯޓުތަކުން ޕޮޒިޓިވްވެފައިވާ 09 މީހެކެވެ.
މިއަދާ ހަމައަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 82،578 އަށް އަރާފައިވާއިރު، މި ބައްޔަށް 12 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.
މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 80،236 އަށް އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ