މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ
މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓް ކެނޑިފައިވާ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯއިން މަސައްކަތް ކުރަމުން ދާކަމަށް އެ ކުންފުނިން ބުނެފިއެވެ.ސްޓެލްކޯއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިވަގު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައި ކަމަށާ، ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ. ކަރަންޓް ގޮސްފައިވަނީ ކޮން ސަރަހައްދު ތަކެއްގައި ކަމެއް ސްޓެލްކޯއިން އަދި ހާމަކޮށްފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި ހެންވޭރުގެ ބައެއް ގެތަކުން ވަނީ ކަރަންޓް ކެނޑިފައެވެ.ސްޓެލްކޯއިން މާލޭގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތް ކޮށްފައިވާއިރު، ކުރިއަށް އޮތްތަނުގައި ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލު ކުރުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ރާވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ