ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަން ފަށައި

ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހީމްގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަށައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހީމްގެ ޢަމަލީގޮތުން ވިޔަފާރީގެ މުއާމަލާތްތަކުގައި ބައިވެރިވެވަޑައިންނަވާކަމަށް ތުހުމަތުކޮށް އެކޮމިޝަނަށް ހުށަހެޅި ޝަކުވާއެއް ތަޚްޤީޤުކުރުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއިން ނިންމާފައިވާކަމަށެވެ.
ލުވައްޔު އިބްރާހީމްގެ ސުލޫކީ މައްސަލައެއް ބަލަން އެކޮމިޝަނުން ނިންމާފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 43 ވަނަ ޖަލްސާގައެވެ.
އަދި އެކޮމިޝަނުން ވަނީ މައްސަލަ ތަހުޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީ މިހާރު އެކުލަވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ